ފަހުގެ ޚަބަރު


އިތުރަށް...

ތާރީޚް: : Sunday, September 22, 2013 [0] ކޮމެންޓްތައް ފާހަގަ:

'ލާދީނީ' ވާހަކަ ދައްކަމާހިނގާށެވެ!

ލިޔުނީ: Unknown
 ލިޔުނީ: ފިރުދައުސް ޙުސައިން
ޢަރަބި ދެބަހެއް އެކުވެގެންއުފެދިފައިވާ މިބަހުގެ ލަފުޒީ މާނައަކީ ދީނަށް ހުރުމައްތެރިކޮށް ނުހިތުން ނޫނީ ދީނެއް ގަބޫލުނުކުރުމެވެެ. މިއަކީއެއްވެސް ހާލެއްގައި ތަރައްގީގެ ޝިޢާރެއް، އުފާފާގަތިކަމުގެ ޝުޢޫރެއް ނޫނެވެ. އިސްލާމް ދީނުގައި އެއްއަޚަކު އަނެއް އަޚާ ކާފަރުކުރުމެއްނޯވެއެވެ. ވީމާ މިއަކީ އިސްލާމީ މުޖުތަމައެއްގަ އެއްއަޚަކު އަނެއްއަޚަކައް ބޭނުންކޮއްގެން ވާނެބަހެއްވެސްނޫނެވެ. ނޫނީ ބޭނުންކުރުން އެދެވިގެންވާ ބަހެއްނޫނެވެ.

ނަމަވެސް މިބަސްވެފައިވަނީ އަޅުގަނޑުމެންގެ މިމުޖުތަމައުގައި ވަރައް އާންމުބަހަކަށެވެ. ޚާއްސަކޮށް ސިޔާސީމައިދާނުގައި ސިޔާސީ ވަކިފިކުރެއްގެ ބަޔަކަށް ނިސްބަތް ކޮށެވެ. ދައްކާނެ ހަރުދަނާ ސިޔާސީވާހަކައެއް، ހުށައަޅާނެ އުންމީދީ ތަރައްގީގެ   ތަސައްވުރެއް ނެތީމަ، ދީނަށްލޯބިކުރާ ބައެއްގެ ހިތުގަ ނަފުރަތު އުފެއްދުމަށް ދައްކާ ވާހަކައެއް ކަމުގަނޫނީ ނުވާނެއެވެ. އޭރުގަވެސް ދީން ހަތިޔާރަކަށް ހަދާ ރައްޔިތުން ފިއްތީއެވެ. މިއަދުވެސް ކުރެވޭތޯ މިއުޅެނީ އެއްކަމެކެވެ.

ރަސޫލާގެ ސުންނަތަށް ޖޯކުޖަހައި ފުރައްސާރަކުރުން

ޕީޕީއެމްގެ 30 އަހަރުވީ ސަރުކާރުގައި ރާއްޖޭގައި އޮންނަނީ ޝާފީ މަޡްހަބޭ ކިޔައި ތުނބުޅި ދިގުކޮށް ބޮޑުބުރުގާ އަޅާ ރަސޫލާގެ ސުންނަތުގަ އުޅޭ އަޚުންނާއި އުޚްތުންނަށް ދީންހިމާޔަތްކުރުމުގެ ނަމުގައި ސަރުކާރުން ފުރައްސާރަކޮށް ވަޒީފާނުދީ ޖޯކުޖެހިއެވެ. ޝާފީ މަޡްހަބުގަ ފިރިހެނާ ތުނބުޅި ބަހައްޓައި އަންހެނާ ބުރުގާއެޅުމެއް ނޯވޭތޯއެވެ؟ ނަމާދުކުރާއިރު ހަރަންބަންނަ ތަނާއި އެހެނިހެން ހަރަކާއްތަކަށް ފާޅުގައި ސަރުކާރުން ޖޯކުޖެހިއެވެ. ރަސޫލާގެ ސުންނަތަށް ޖޯކުޖެހުންކަމުގައި މިކަންކަން ނުވޭތޯއެވެ؟ ސަރުކާރުން ބޭނުންވާ ގޮތްނޫން ގޮތްގޮތައް، ބޭނުންވާ މިންވަރަށްވުރެ އިތުރަށް، ބޭނުންވާ މަޢުލޫތައްނޫން އެހެންމަޢުލޫތަކަށް ދީނީ ނަސޭހަތް ދެއްވައި އުޅުއްވި ދީނީ ޢިލްމުވެރިން ހައްޔަރުކޮށް ޖަލަށްލައި ބޮޑެތި އަނިޔާތައް ދެވިފަވެއެވެ. ޝައިޚް ފަރީދު، އިދުރީސް އަދި އެތައް ބައިވަރު ނަންތަކެއް މިލިސްޓް ގައި ހިމެނިދާނެއެވެ. ދީނަށް ލޯބިކޮށް ދީންކުރިއެރުވުމަށް ހިންގައި އުޅުނު އެކިއެކި ޖަމިއްޔާ ޖަމާޢަތް ތަކަށްވެސް މިއުނދަގޫ ޖެއްސިއެވެ. މިގޮތުން 'މުސްލިމުންގެ ގުޅުން' ފަދަޖަމިއްޔާގެ މަސްއޫލުވެރިންނަށްފާރަލައި ހައްޔަރުކޮށް ހަދާފައިވެއެވެ. ސުންނަތް ދިރުވާ އާލާކުރަން އުޅޭ އަޚުންނާއި އުޚްތުންނަށް ނަފުރަތުކޮށް ޖެއްސުންކުރުމަކީ ހަމަސުންނަތަށް ނަފުރަތުކުރުމެވެ. ބަޔާންވެމިދިޔަފަދަ އަނިޔާތަކެއް އެމްޑީޕީގެ 3 އަހަރުވީ ސަރުކާރުގަ ބަޔަކަށް، ނޫނީ ދީނަށް ދިންކަމެއް އަޅުގަނޑު ނުދެނަހުރީމެވެ. ވީއިރު ލާދީނީ ވެގެން މިއުޅެވެނީ ކޮންބަޔަކަށް ބާވައެވެ.

ދީނާ ގުޅުންހުރި މުހިންމު ބައެއްކަންކަން

ޕީޕީއެމްގެ 30 އަހަރުވީ ސަރުކާރުން ދެކޭ ގޮތުގައި އަންހެން ކަނބަލުންގެ ކަރުވަޅުފަދަ ތަންތަނަކީ ހިލޭފިރިހެނުންގެ ކުރިމަތީގައި އައުރައެއްނޫނެވެ. ވީމާ ބުރުގާއަޅާކަށްނުޖެހޭނެއެވެ. ޚާއްސަކޮށް ރާއްޖެފަދަ ހޫނުގަދަ ގައުމުތަކުގައެވެ. މިކަން ރައްޔިތުންނަށް ވިސްނައިދިނުމަށްޓަކައި އައިމިނާވަދޫދު ކިޔާ މާމޮޅު ދީނީ އެއްތޯ ލާދީނީ ޢިލްމުވެރިޔަކު ގެނެސް މަސައްކަތްތަކެއްކުރިއެވެ. ދުވަސްކޮޅަކުން ލިބުނީ ދެޖިންސް އެއްކޮއްގެން އިމާމުވެހުރެ މީނާ ނަމާދުކުރި ޚަބަރެވެ.  މިޔޮއްބޮޑު ދުނިޔޭންވެސް ސައްތައިންސައްތަ އިސްލާމީގައުމަކަށް ދީނީ ނަސޭހަތްދޭން މިނޫން މީހަކުގެންނަން ނޭގުނީ ކީއްވެބާވައެވެ؟ ލާދީނީ ކިޔުން އެންމެއެދެވިގެންވަނީ މިކަންކަމަކަށް ނޫންތޯއެވެ؟

30 އަހަރުނިމިދިޔައިރު އިސްލާމީ ޝަރީޢަތް މީއޮތްއެއްޗެއް ކަމެއްވެސް ނުދެނަހުއްޓެވެ. ވެރިކަން ހަމަނިމިދިޔަތަނާ މީހުން މެރުމާ(ވަކިހާލައްތަކެއްގަ) އަތްކެނޑުން މީ އިސްލާމީ ޝަރީޢަތައްވެ މިކަންނުކޮއްފިނަމަ ލާދީނީ ވީއެވެ. އޭރުވެސް މިހާރުވެސް އިސްލާމީ ޝަރީޢަތް އޮތީއެއްގޮތަކަށެވެ. ވީމާ އެކަންނުކުރާބަޔަކު ލާދީނީވާނީވެސް ހަމައެއްވަރަކަށްނޫން ތޯއެވެ؟

ރާއްޖޭގެ އާބާދީގެ ބޮޑުބަޔަކީ ދިވެހި ނޫންއެހެންބަހަކުން ލިޔަންކިޔަން ދަންނަބައެއްނޫނެވެ. ވީމާ ޤުރުއާނާއި ހަދީޡް އަދި ވެސް ދީނީ އެކިއެކި ކަންކަމާގުޅޭ މުހިންމު ފޮތްތަކުގެ ދިވެހި ތަރުޖަމާ ލިބެން ހުރުން ވަރައްމުހިންމެވެ. އަދި މިކަމަކީ ވަރަށްގިނަ ދިވެހިން އެދިއެދި ތިބިކަމެއްވެސް މެއެވެ. ނަމަވެސް މިއިންއެއްވެސް ކަމަކީ ޕީޕީއެމްގެ އެބުނާ ދީން ކުރިއަރުވާ ހިމާޔަތް ކުރަން އުޅޭ ސަރުކާރުން، އާދެ 30 އަހަރުވީ ސަރުކާރުން އިސްކަން ދިން ކަންކަމެއްނޫނެވެ. ޤުރުއާނުގެ ދިވެހި ތަރުޖަމާއެއް ނެރެވޭވަރުވީ އެކަމައް ވަޢުދުވިތާ 28 ހަކަށް އަހަރުފަހުންނެވެ. އެއީވެސް އެންމެ ފަހުދައުރުގެ ރިޔާސީ އިންތިޚާބާ ދިމާކޮށް ސިޔާސީބޭނުމަކަށް އަވަސް އަރުވާލައިގެން ނެވެ. ނަތީޖާ އަކަށްވީ ތަރުޖަމާގައި އެތައް ކުއްތަކެއްހުރެ އެއިސްލާހުކުރުމުގެ މަސައްކައް އަލުން ކުރަންޖެހުމެވެ. އަޅުގަނޑު ހަނދާންވާންފެށީއްސުރެ ދިވެހިން ދީންއުގެނުމަށް މައިގަނޑު ގޮތެއްގައިބޭނުންކޮއް އުޅުނީ އެންމެފޮތެކެވެ. އެއީ ތަޢުލީމުދިޔާނާ އެވެ. ތަޢުލީމުދިޔާނާ 2،1 އަދި 3 ކެވެ. އެއިން އެނގުނު އެއްޗެއް އެނގުނީއެވެ. ނޭނގޭއެއްޗެއް ހޯދަން އުޅުނީމަ ކުއްވެރިވަނީއެވެ. ދެން މިއަށް ކިޔަންވީ ދީންހިމާޔަތް ކުރުން ތޯއެވެ؟

ޢަރަބި އިސްލާމީ ތަޢުލީމު

ސައްތައިން ސައްތަ އިސްލާމީގައުމެއްގައި ޢަރަބި ބަހުން ކިޔަވައިދޭ އެންމެ ދެސްކޫލް ހުރުމުން އެއީ އަދި ޢަރަބި އިސްލާމީ ތަޢުލީމު ގައުމުގައި އާންމުވީކަމަކައް ނުވާނެއެވެ. 30 އަހަރުވީ ޕީޕީއެމްގެ ސަރުކާރުގައި ތަޢުލީމާއި ގުޅުންހުރި ގަވައިދު ތަކާއި ސްކޫލްތައްހިންގުން ބައްޓަން ކުރެވިފައި ހުރީ ދީނީ ކަންކަމަށް ކުދިން ލޯބިޖެހި ހޭލުންތެރި ކުރުވޭ ފަދަގޮތަކައްނޫނެވެ. ނަމާދުކުރާނެ ތަންތަން ސްކޫލް ތަކުގައި ނުހުންނަތާނގައި ނަމާދުވަގުތައް ބެލުމެއްނެތި ފާޑުފާޑު ކުލާސްތަކާއި ކުޅިވަރުތައް ރާވައި ހިންގުން އެއީ އާންމުކަމެކެވެ. މިޔަށްވެސް ކިޔަންވީ ދީންހިމާޔަތްކުރުންތޯއެވެ؟ 'އިސްލާމް' ކިޔާމާއްދާއެއް ކިޔަވައިދެނީ ނަމަކަށެވެ. ކުދިންގެ ޢަޤީދާ ހަރުދަނާކުރުމަށް އެއްވެސްވަރެއްގެ އަހަންމިއްޔަތު ކަމެއް ނުދެއެވެ. ނުވަދިހައިގެ ކުރީކޮޅު ލޯވަރ ސެކަންޑްރީ ގުރޭޑް ތަކުގައި ޢަރަބިބަސް ކިޔަވައިދިން ދުވަސްވަރެއް ދިޔައެވެ. ނަމަވެސް ފަހުން އެކަން ނިމުމަކަށްއައެވެ. މިއިން އެއްވެސް ކަމަކީ ދީނަށް ފަރުވާކުޑަކޮށް އަޅާނުލުންކަމުގައި ނުވެ ޢަރަބި ބަހުން ކިޔަވައިދޭ ސްކޫލަކަށް ދީފައިވާބިމެއް ނެގުމައްފަހު ހުސްކޮއްބާއްވަން ނިންމިނިންމުން ލާދީނީ ކަމަކަށް ވަނީ ކޮންހަމައަކުން ތޯއެވެ؟

 ދީންހިމާޔައްކުރުމުގެ ނަމުގަ މުޖުތަމަޢު ފަސާދަކުރުން!
ދިގުދެމިގެންދިޔަ ޕީޕީއެމްގެސަރުކާރުން އިސްލާމީ ތަރުބިއްޔަތާ އަޚްލާޤަށް އެއްވެސް އަހަންމިއްޔަތެއް ނުދިނުމުގެ ސަބަބުން ގައުމުގައިވަނީ އެންމެހާ ނުބައި ކަންކަން އަށަގެންފައެވެ. ހަށިވިއްކާތަންތަން މާލޭގައި އާންމުވެފައި ވަނީ އެމްޑީޕީ ގެ ސަރުކާރުގައި އެކަމަށް އަޅާނުލާތީކަމުގައި ބުނެ އަޑުއެރުވިއެވެ. މިހާރު އެހުރިހާތަނެއް ކޮބައިތޯއެވެ؟ ޖައްވަށް، ފަޒާޔައް، ވަޔައް އަރައިގެން ދިޔައީތޯއެވެ؟ ވެރިކަން ނިގުޅައިގަތްތާކުރީކޮޅު، ނޫސްތަކުގަ ސުރުހީ އަޅާލުމުގެ ބޭނުމުގައި ސިފައިން އެފަދަތަންތަނުން މީހުން ހިފައިހައްޔަރު ކުރާވާހަކަ އޮވެއެވެ. ނަމަވެސް އޭގެފަހުން ވާގޮތެއްނޭނގެއެވެ. ނޫސްތަކުން އެނގުނުގޮތުގައި ކޯޓް މަރުހަލާއަށް ދިޔައީ އެފަދަ އެންމެމައްސަލަ އެކެވެ. ވީމާ މިކަމަކީ ހަމަ ރައްޔިތުން ހައްދަން ކުރާކަމެއްތާއެވެ؟

ބުދުބެހެއްޓުން

އެއްވެސްމީހަކު ދެބަސްނުވާނެފަދަ އަޅުކަންކުރަން ބޭނުންކުރާބޮޑުބުދެއް ރާއްޖޭގެ ރަށެއްގައި އެންމެފުރަތަމަ ބެހެއްޓުމުގެ ޝަރަފު އަޅުގަނޑަށް އެނގިގެން ހޯދީ ޕީޕީއެމްގެ 30 އަހަރުވީ ސަރުކާރުންނެވެ. އެއީ ލަނޑާގިރާވަރުގައި ބެހެއްޓި ބުދެވެ. އެކަމަކީ ބުދެއްބެހެއްޓުމުގެ މާނައިގައި ބުދުދީނުގެ ސަޤާފައް ދައްކުވައިދޭން ކުރިކަމެކެވެ. އަދި މީގެ މާކުރިން ރާއްޖޭގެ ވިޔަފާރިވެރިން ވަނީ ހެދުން އިޝްތިހާރުކުރުމައްޓަކައި ފިހާރަތަކުގައި މެނެކުއީންސް ބަހައްޓާފައެވެ. މިވެސްހަމަ ބުދެވެ. މިބުދައްނުވެ އެމްޑީޕީ ސަރުކާރުން އައްޑޫގައި ބެހެއްޓި މޮނިއުމެންޓްސްތައް ބުދައްވާނެ ގޮތެއް އަޅުގަނޑަކައް ނުވިސްނެއެވެ. އެއްހަމަޔަކުން ވިސްނަވާށެވެ.

މިލިޔުން ކިތަންމެ ދިގުކޮއްވެސްލިޔެވިދާނެއެވެ. 30 އަހަރުގެ ސަރުކާރުން ދީނަށް ވެފައިވާ އިހްމާލު އެހާވެސް ބޮޑެވެ. މިހުރިހާ ނުބައެއްގެ މައިމުގުލުގައި ހުރީ ޕީޕީއެމްގެ 30 އަހަރުވީސަރުކާރުގެ ރައީސް އަދި ޕާރޓީގެ ޒަޢީމް މައުމޫން ޢަބްދުލް ޤައްޔޫމެވެ. ޒަޢީމް ހިތްނޭދޭ ގޮތަކަށް ޕާޓީ ނުހިނގާނެއެވެ. އެކަން މިހާރުގެ ރިޔާސީކެނޑިޑެޓް ޔާމީންވެސް ވަނީ ޔަގީން ކޮށްދީފައެވެ. ވީމާ ލާދީނީކިޔުން އެންމެ ޙައްޤުކަންބޮޑީ 30 އަހަރުވީ ޕީޕީއެމްގެ ސަރުކާރަކަށް ނޫންތޯއެވެ؟ މިއަދުވެސް ޕީޕީ އެމް ހިނގަމުން އެދަނީ ހަމަ އެބީދައިންނެވެ. ބަލަމުން އެދަނީ ދީންހަތިޔާރަކަށް ހަދައިގެން ވެރިކަމަށް އާދެވޭތޯއެވެ.
ލިޔުނީ: Unknown
ލ. ގަމުގެ ވާހަކަ ތާރީޚްގެ ތެރެއިން ބަލައިލައިއިރު ރާއްޖެ އިސްލާމްވެ އެތައް ދުވަހެއް ފާއިތުވެ ދިޔައިރުވެސް، ލ. އަތޮޅުގެ ގިނަ ރަށްރަށް ފަދައިން އޭރު ގަމުގައި އުޅުނު މީހުންވެސް އިސްލާމްދީން ޤަބޫލުކުރީ ވަރަށް ފަހުން ކަމަށް ފެންނާން އެބައޮތެވެ. ދިވެހި ރާއްޖޭގައި ސިޔާސީ ޕާޓީތައް އުފެދިގެން އައިއިފަހުންވެސް ލ. ގަމުގައި އެމްޑީޕީގެ ފިކުރު އޮތީ އާލާވާގޮތް ނުވެ ފާޑަކަށްކަމަށް ދެންނެވެން އެބައޮތެވެ.

ލ. ފޮނަދޫގައި އެމްޑީޕީގެ ޙަރަކާތްތައް ހިނގަންފެށިއިރު، އެމްޑީޕީގެ އަޑެއް ލ. ގަމުން ނުއިވެޔޭވެސް ދަންނަވާން ކެރެއެވެ. ނަމަވެސް މިއަދު މިވަނީ މަންޒަރު ބަދަލުވެފައެވެ. ކުލަ ބަދަލުވެފައެވެ. ފިކުރު ބަދަލުވެފައެވެ. ޕީޕީއެމްގެ ކުލަ ނުވަތަ 'މަޢުމޫނިޒަމް' އެ ރަށުން އެއްކޮށް ފޮހެވެން ކައިރިވެއްޖެ ކަމުގެ ކޮޅުމަތި ފެންނާން ފަށައިފިއެވެ.

މިހާރު ލ. ގަމުގައި އެމްޑީޕީ މެންބަރުން ހިންގާލާ ހަރަކާތްތައް ފެނިފައި އެމްޑީޕީއާއި އިދިކޮޅު ފިކުރުގެ މީހުންގެ މޭ ކަރާގޮތް ވާނެއެވެ. ހަމަ ގައިމުވެސް އެމްޑީޕީއާއި އެއްކޮޅު ފިކުރުގެ މީހުންނަށް މިހާރު ފެންނަމުންދާ މަންޒަރުތައް ފެނުމުން މެޔަށް ފިނިކަން ލިއްބައިދޭނެކަން ޔަޤީންކުރެވެ އެވެ. ހިތްތަކަށް އުފާވެރިކަން ގެނެސްދޭނެކަން ގައިމު ކުރެވެއެވެ. މުޅި ގަމުގެ މެޖޯރިޓީ އެމްޑީޕީއަށް ލިބިފައިވާކަން މުޖައްރިބު ކުރެވުނީ ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގެ ނަތީޖާއިންނެވެ.

ލ. ގަމުގައި އެމްޑީޕީގެ ޙަރަކާތްތައް ފަތުއަޑު ކިޔާފައި ހިނގާންފެށީ ކީއްވެގެންކަން ވަރަށް ސާފެވެ. ގަމުގެ ރައްޔިތުންނަކީ 'ހެޔޮ ގޮތުގައި ވަޠަނީ ވާން ދަންނަ ބައެއް އުޅޭ ރަށެއް' ކަމުގައި އަޅުގަނޑު އަބަދުވެސް ސިފަކުރަމެވެ. އެއީ ފިސާރި ރަށް ވަންތަ ބައެކެވެ. ރަށަށް ތަރައްޤީއާއި ކުރިއެރުން ހޯދައިދިނުމުގެ ވިސްނުން އަބަދުވެސް ގަމުގެ ވެރިންނާއި ރައްޔިތުންގެ ކިބައިން ފެންނަމުންދާކަމީ ގަން އަދު މިދެކޭ ތަރައްޤީގެ ތަޅުދަނޑިއެވެ.

ކުރިން ދަންނަވާލިފަދައިން ގަމަކީ 2009 ހިސާބުގައިވެސް މާކަ އެމްޑީޕީ ތަނެެއް ނޫނެވެ. ނަމަވެސް އެމީހުން ހެޔޮގޮތުގައި ވާދަކުރާންފެށީ ފޮނަދޫގެ އެމްޑީޕީ މެންބަރުންނާއި ކަމަށް އަޅުގަނޑަށް އަބަދުވެސް ސިފަކުރެވޭ ބޮޑު މަންޒަރެއް ފެނެއެވެ. އެގޮތުން ލ. ގަމު އެމްޑީޕީ މެންބަރުން ދޭދޭ ފަރުދުންނާއިމެދު ގެންގުޅޭ ޒާތީ ތަޢައްސުބާ ކޮންމެވެސް ހިސާބެއްގައި ބާއްވާފައި ފޫގަޅާލީ އެމްޑީޕީ ތަނަކަށް ގަން ހެދުމުގެ ހިތްވަރުގަދަ ޢަޒުމާއި އެކުގައެވެ. މަޤާމެއް ހޯދުމަކަށް ނުވިސްނައެވެ. ކައުންސިލް އިންތިޚާބަށް ކުރިމަތިލުމަށް ނުވަތަ މަޖިލިސް އިންތިޚާބަށް ކުރިމަތިލުމަށް ނުވިސްނާ، ނުވަތަ އެވިސްނުން ވަގުތީގޮތުން އޮއްބާލުމަށްފަހު ގަމުގެ އެމްޑީޕީ މެންބަރުން މީގެ އަހަރުތަކެއްކުރިން 'ކުރިޔަށް ކުރިޔަށް ބާރަށް ކުރިޔަށް' ކެމްޕޭން އެ ރަށުގައި ޖައްސައިފިއެވެ. ހަމަ އެންމެ ޢަޒުމެއްގައެވެ. ބަޣާވާތަކުން ވައްޓާލެވުނު އެމްޑީޕީގެ ވެރިކަން އަނބުރާ ހޯދުމުގެ ނިޔަތާއި ޢަޒުމާއި އެކުގައެވެ.

ގަމުގެ ރައްޔިތުން އެކަން ދައްކަމުން އަންނަކަން ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓިގެ ފަރާތުން ދަނެއެވެ. އެކަމުގެ އަގުވަޒަން ކުރެއެވެ. އަބަދުހެން އެމްޑީޕީގެ އިސްބޭފުޅެއް ނުވަތަ ބޭފުޅުންކޮޅެއް ގަމުން ފެންނަމުންދާ ދިޔުމުން މިދެންނެވި ކަމަށް ބާރުލިބެ އެވެ. ކޮންމެއަކަސް މިހާރު ލ. ގަމުގައި ބާއްވާ އެމްޑީޕީގެ ކޮންމެ ހަރަކާތަކުން ވަރަށް ގިނަ ޢަދަދަކަށް މީހުންފެންނަކަމީ ލ. ގަމުގައި އެމްޑީޕީގެ ހަރަކާތްތައް ފަތުއަޑު ކިޔާފައި ބާރަށް ކުރިއަށް އަންނަކަން ވިސްނާ ކޮންމެ މީހަކަށް ފެންނާން އޮތް ޙަޤީގަތެކެވެ.
ލިޔުނީ: Unknown
ބަންގުލާދޭޝް ބަޔަކު މަސައްކަތުގައި - ފޮޓޯ: އެލްއޭ ނިއުސް
ރާއްޖޭގައި ގިނަ ޢަދަދެއްގެ ބިދޭސީން އުޅޭއިރު، ރިޔާސީ އިންތިޚާބު ކުރިމަތިވެފައިވާ މި ދުވަސްވަރު ބިދޭސީންވެސް ގެންދަނީ ރާއްޖޭގެ އިންތިޚާބުގެ ވާހަކަތައް ދައްކަމުންނެވެ. ކެމްޕޭން ކުރުމަށް ބޭނުންކުރާ ތަފާތު ގޮތްތަކުގެ ވާހަކަތައް ދައްކަމުންނެވެ. ރައީސްކަމަށް ހޮވުމަށް އެންމެ ރަނގަޅު މީހަކީ ކާކުކަމާމެދު ބިދޭސީންގެ ދޭދޭ ފަރުދުންގެ މެދުގައި ބަހުސްކޮށް އެންމެ މަޤުބޫލު ކެންޑިޑޭޓް ކަނޑައަޅަމުންނެވެ.

2010 ވަނަ އަހަރު ބިދޭސީންގެ ތެރެއިން ބަންގުލާދޭޝް ރައްޔިތުންގެ ތެރެއިން ގިނަމީހުން ކައިރީގައި ރައީސް މުޙައްމަދު ނަޝީދުގެ ވާހަކަދެއްކުމުން އެމީހުން އޭރު ރައީސް ނަޝީދަށް ތާއިދު ނުކުރާކަން އެނގެއެވެ. އޭރު ހަމަ އެންމެ  ކަމުދަނީ ބަންގުލާދޭޝް އާއި ޢާއިލީގޮތުން ގުޅިފައިވާ މަޢުމޫނު ޢަބްދުލް ޤައްޔޫމެވެ. ނަމަވެސް މިހާރު ބަންގުލާދޭޝް ވިޔަސް، އިންޑިޔާ ވިޔަސް، ލަންކާ ވިޔަސް، އަދި ތައިލޭންޑްގެ ބެންކޮކް ވިޔަސް، އެތަންތަނުގެ ރައްޔިތުންގެ ތެރެއިން ރާއްޖޭގެ ސިޔާސީ މާހައުލާމެދު ފިކުރު ހިންގާ ގިނަ މީހުންގެ ތާއިދު އޮތީ ރައީސް ނަޝީދަށްކަން އަޅުގަނޑުމެން ކޮށްލި ކުޑަ ދިރާސާއަކުން ދައްކައެވެ.

މި ދިރާސާގައި ގަން-ފޮނަދޫ ސަރަޙައްދުން 46 ބަންގުލާދޭޝް މީހުންނާއި ސުވާލު ކުރެވުނެވެ. ރާއްޖޭގެ ރަޢީސް ކަމަށް ހޮވަން އެންމެ ރަނގަޅީ އެމްޑީޕީގެ ކެންޑިޑޭޓް ނަޝީދުތޯ ނުވަތަ ޕީޕީއެމްގެ ކެންޑިޑޭޓް ޔާމިން ތޯއެވެ. ސުވާލު ކުރެވުނު 46 މީހުންގެ ތެރެއިން 39 މީހުން ބުނެފައިވަނީ ރައީސް ނަޝީދު ކަމަށެވެ. ކީއްވެގެންތޯ ސުވާލުކޮށްލުމުން ބުނަނީ "ރައްޔިތުންނަށް އެންމެ ބަރާބަރު ވައްތަރުގެ ކަންކަން ކުރަނީ އަންނި" ކަމަށެވެ.

ރާއްޖޭގެ ތަޢުލީމީ ދާއިރާގައި މަސައްކަތްކުރައްވާ އިންޑިޔާ ޓީޗަރުންގެ ވާހަކަތައްވެސް ހުރީ ހަމަ މިހެންނެވެ. ރައީސް ނަޝީދަކީ ހަމަ ސީދާ ރައްޔިތުންގެ އިޙްސާސް ދަންނަ ފަރާތެއްކަމަށް ބުންޏެވެ. ރައީސް ނަޝީދުގެ ހިތްތިރިކަމާއި ސާދާކަމަށް ތަޢުރީފު ކުރެއެވެ. އެމްޑީޕީގެ ސިޔާސަތު ތަކަށް ތަޢުރީފު ކުރެއެވެ. އެމްޑީޕީގެ ކެމްޕޭން ޙަރަކާތްތަކުގެ ފުރުހަމަ ކަމުގެ ވާހަކަ ދައްކައި ތަޢުރީފު ކުރެއެވެ. އިންތިޚާބުގެ ފުރަތަމަ ބުރުން ރައީސް ނަޝީދު ހޯއްދެވި ބޮޑު ކާމިޔާބީއާއި އަޅައި ކިޔަމުން އެމީހުން ބުނަނީ އިންތިޚާބުގެ ދެވަނަ ބުރު ވަރަށް ފަސޭހަކަމާއިއެކު ރައީސް ނަޝީދަށް ކާމިޔާބު ކުރެއްވޭނެ ކަމަށެވެ.

މި މަޢުޟޫއަށް ލިޔަން އިންދާ މިއަދުގެ ވަގުތެއްގައި ރައްޓެއްސަކު، ފޭސްބުކް މެދުވެރިކޮށް ލިންކެއް ފޮނުވާލިއެވެ. ކޮން ލިންކެއްތޯ ސުވާލުކޮށްލުމުން ބުނީ ތައިލޭންޑްގެ ބެންކޮކް ރައްޔިތަކު އެމްޑީޕީގެ ކެމްޕޭން ލަވަތައް ކިޔުމަށް މަސައްކަތްކޮށްފައިވާ ވީޑިއޯކޮޅެއް ކަމަށެވެ. ލިންކު ހުޅުވާ ބަލައިލިއިރު ފެންނަނީ ބެންކޮކްގެ މެދު ޢުމުރެއްގެ މީހަކު ބޮލުގައި ރީނދޫ ފޮތިގަނޑެއް އޮޅާލުމަށްފަހު އެމްޑީޕީގެ ކެމްޕޭން ލަވައަކާއި ބަޣާވާތާއި އދިކޮޅު ލަވައެއް ކިޔުމަށް މަސައްކަތްކުރާ މަންޒަރެކެވެ.

…
ދޭސީން ނޫނަސް ބިދޭސީންވެސް ރާއްޖޭގެ ސިޔާސީ މާހައުލާއި މެދު ވިސްނައެވެ. ރައްޔިތުންނަށް އެންމެ ފައިދާހުރި ސިޔާސަތުތަކެއް ހުށައަޅާ ފަރާތްތަކާއިމެދު ވިސްނައެވެ. ރާއްޖެއަށް ހެޔޮ ވެރިކަމެއް ލިބިއްޖެ ނަމަ އެކަމުގެ ފައިދާ އެމީހުންނަށްވެސް ކުރާނެކަން ޚުދު އެމީހުންވެސް ދަނެއެވެ.
ތާރީޚް: : Wednesday, September 11, 2013 [0] ކޮމެންޓްތައް ފާހަގަ:

ގަމުގެ މަގުތައް ނުރައްކާތެރި ހާލަތެއްގައި

ލިޔުނީ: Unknown
"މިއީ މި ރަށުގެ އެންމެ ބޮޑު މައްސަލައަކީ. އިނބަމެން ވެސް މި ވާހަކަ ލިޔެބަލަ. ސަރުކާރުން ވެސް މިކަން ހައްލުކުރާކަށް ނޫޅޭ،" މިދިޔަ ބުރާސްފަތި ދުވަހު ކައްދޫ އެއާޕޯޓަށް އަޅުގަނޑު ބަލައިދިޔަ، އެކުވެރިޔާ ގާތުގައި ރަށުގެ އެންމެ ބޮޑު މައްސަލަތަކަކީ ކޮބައިތޯ އަހާލުމުން، ދުއްވަމުން ދިޔަ މަގަށް އިޝާރަތްކޮށްފައި ބުންޏެވެ.

ގަމުގެ މައިމަގު )ސިނާއީ މަގު( މިހާރު އޮތީ ވަރަށް ނުރައްކާތެރި ހާލަތެއްގަ އެވެ. ގަމުން ފޮނަދު އަށް ގުޅިފައިވާ 17 ކިލޯމީޓަރުގެ ދިގު އެ މަގުގައި މީގެ ކުރިން ފަސޭހަކަމާއެކު ބޭނުންވާ ބާރުމިނެއްގައި ދުއްވިޔަސް މިހާރު އެ މަގުގައި ދުއްވުމަކީ ބޮޑު ވޭނެކެވެ. އެ މަގުގައި ދެ ފޫޓަށް ވުރެ ފުން، ބޮޑެތި ވަޅުގަނޑުތައް އުދިފައި އެބަހުއްޓެވެ. އޭގެ ސަބަބުން އެތައް ބަޔަކަށާއި ވެހިކަލްތަކަށް ވެސް ވަނީ ގެއްލުން ލިބިފަ އެވެ.

"އަހަރެންގެ ރައްޓައްސެއް ސައިކަލް ދުއްވާފައި ދަނިކޮށް ވަޅުގަނޑަކަށް ޖެހި ސައިކަލުން ވެއްޓި އަރިކަށީ ކަށިތަކުގައި ރެނދުލާފައި އެބަހުރި. އަދި އެފަދަ ކިތަންމެ ކަމެއް މިރަށުގެ އެތައް ބަޔަކަށް ވެއްޖެ،" ރިޔާސީ އިންތިހާބުގެ ހަވީރުގެ ވޮލަންޓިއަރު ހުސައިން މުބާރިކް ބުންޏެވެ.

ގަމުގެ މަގުގެ ނުރައްކާތެރިކަމުގެ ސަބަބުން ލ. އަތޮޅު ކައުންސިލް ރައީސް މުހައްމަދު ރަޝީދަށް ބޮޑު އަނިޔާއެއް ވަނީ ލިބިވަޑައިގެންފަ އެވެ. މިދިޔަ މަހު އޭނާ ސައިކަލްގައި ދުއްވާފައި ދަނިކޮށް ވަޅުގަނޑަކަށް ޖެހި ސައިކަލުން ވެއްޓި ވާތު ފައިގެ ކަށިގަނޑަށް ވަނީ ގެއްލުން ލިބިފަ އެވެ. އޭނާގެ ފައިގެ ދުޅަކަން އަދިވެސް މުޅިން ފިލައި ނުދެ އެވެ. އޭގެ ކުރިން ޖުލައި މަހުގެ އޭނާގެ ފިރިހެން ދަރިފުޅަކު ވެސް ސައިކަލުން ވެއްޓި އަތް ބިންދައިގެން ދިޔަ އެވެ.

ހަމައެކަނި ބޮޑެތި ވަޅުގަނޑުތައް ހެދިފައިވަނީ ސިނާއީ މަގުގައެއް ނޫނެވެ. އެއްގަމުގެ ބައެއް މަގުތަކުގައި ވެސް ބިޔަ ވަޅުގަނޑުތައް އެބަހުއްޓެވެ. ވާރޭ ވެހިއްޖެ ނަމަ މަގުތަކުގައި ހިނގާބިގާވެ އުޅުމަކީ ވެސް އަދި ވެހިކަލް ދުއްވުމަކީ ވެސް އުނދަގޫ އަދި ނުރައްކާތެރިކަން ވަކިން ބޮޑުވާ ކަމެކެވެ.

"މި ރަށުގެ މަގުތައް މިއޮތީ ބޭނުންކުރާ މިންވަރަށް ވުރެ ގޯސް ހާލަތެއްގައި، ވަރަށް ނުރައްކާތެރި ހާލަތެއްގައި،" މުހައްމަދު ރަޝީދު ވިދާޅުވި އެވެ.

ގަމާއި ފޮނަދޫ އަދި އިސްދޫގެ މަގު ހެދުމުގެ މަސައްކަތް ހަވާލުކޮށްފައިވަނީ އަތޮޅު ކައުންސިލާ އެވެ. އޭގެ ކުރިން އެ މަސައްކަތް ކުރީ އެ ޕްރޮވިންސްގެ ގައުމީ އިދާރާއިންނެވެ. ނަމަވެސް މިދިޔަ އަހަރުގެ ފެބްރުއަރީގައި ސަރުކާރު ބަދަލުވުމަށް ފަހު ގައުމީ އިދާރާތައް އުވާލައި އެ އިދާރާތަކުގެ މަސްއޫލިއްޔަތު އަތޮޅު ކައުންސިލްތަކުގެ ދަށަށް ބަދަލުކުރި އެވެ. ނަމަވެސް މަގުހެދުމުގެ މަސައްކަތެއް ކުރިއަކަށް ނުދެ އެވެ.

"[އެއީ] މި އަހަރުގެ ބަޖެޓް ކައުންސިލަށް ދެއްވިއިރު، މަގު ހެދުމަށް އެއް ލާރި ވެސް ލިބިފައެއް ނެތް،" މަގު ނުހެދި އޮތީ ކީއްވެގެންތޯ ދެންނެވުމުން މުހައްމަދު ރަޝީދު ވިދާޅުވި އެވެ.

ނަމަވެސް މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ރިޔާސީ އިންތިހާބާ ދިމާކޮށް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަނުން އެ ރަށުގެ މަގުތަކުގެ ފަސްގަނޑު އެއްވަރުކުރުމުގެ މަސައްކަތް ވަނީ ފަށައިފަ އެވެ. މުހައްމަދު ރަޝީދު ވިދާޅުވި ގޮތުގައި ރޯޑް ކޯޕަރޭޝަނުން މަގުގެ ހެދުމުގެ މަސައްކަތް ފަށާފައިވަނީ އަތޮޅު ކައުންސިލްގެ މަގު ހަދާ ޔުނިޓްގެ ވެހިކަލްތައް ބޭނުންކޮށްގެނެވެ. އަދި އެކަމަށް ފައިސާ ދޭން ޖެހިއްޖެ ނަމަ ފައިސާ ދޭގޮތަށް ވެސް އެއްބަސްވެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ސިނާއީ މަގުގައިގައި ބޮޑެތި ވަޅުގަނޑުތައް ހެދިފައި ހުރުމުގެ އިތުރުން އެ މަގުގެ ދެ ފަރާތުގައި ހުރި ރުއްތައް ސާފުނުކުރާ ކުރިމަތިވާ ނުރައްކާ ވެސް ކުޑައެއް ނޫނެވެ. ވެއްޓޭ ހިކި ފަނާއި ކާށިން ބައެއް ވެކިކަލްތަކަށް ގެއްލުން ލިބިފައި އެބަހުއްޓެވެ. އަދި އެ މަގަށް ވެރޭ ފަންތައް ނުނަގައި ހުރުމުގެ ސަބަބުން މުޅި މަގުގެ ވަނީ ގޮނޑުވެފަ އެވެ.

"އެ އެއްޗެހި ވެސް ދެން ނަގާނީ މަގުގެ ފަސްގަނޑު އެއްވަރުކުރާ އިރަކު،" މުބާރިކް ބުންޏެވެ.

ގަމުގެ ސިނާއީ މަގު ތާރު އަޅައިގެން ހެދުމަށް ވެސް ސަރުކާރުން ވަނީ ރާވައިފަ އެވެ. އަތޮޅު ކައުންސިލްގެ ރައީސް މުހައްމަދު ރަޝީދު ވިދާޅުވި ގޮތުގައި ޗައިނާ ސަރުކާރުގެ އެހީގައި ކުރިއަށް ގެންދާ އެ މަޝްރޫއުގެ އަމަލީ މަސައްކަތް ވަރަށް އަވަހަށް ފެށޭނެ އެވެ.

"ވަރަށް ފަހުން ރައީސް ވެސް ކެމްޕޭނު ދަތުރުފުޅެއްގައި މި ރަށަށް ވަޑައިގެން ވިދާޅުވި ކުރިއަށް އޮތް ތިން މަސް ދުވަހުގެ ތެރޭގައި [މަގުހެދުމުގެ] އަމަލީ މަސައްކަތް ފެށޭނެ ކަމަށް. އެއީ ޗައިނާ ސަރުކާރުން ކޮށްދޭ ކަމެއް. އެ މަގުގެ ކުރެހުންތައް ވެސް ވަނީ ނިންމާފައި. ބިޑަށް ހުޅުވާލަން ޖެހޭ މިންވަރަށް މަޝްރޫއުގެ މަސައްކަތް ކުރިއަށް ގޮސްފައި ކަމަށް އަޅުގަނޑަށް މައުލޫމާތު ލިބިފައިވަނީ،" މުހައްމަދު ރަޝީދު ވިދާޅުވި އެވެ.

ގަމުގެ މަގުތައް ޒަމާނީ ފެންވަރަކަށް ތަރައްގީކުރުމަކީ މުޅި ގަމުގެ ރައްޔިތުންގެ އިތުރުން އެ އަތޮޅާއި މުޅި އެ ސަރަހައްދުގެ ރައްޔިތުންގެ ވެސް އުއްމީދެކެވެ. އަދި އެ ސަރަހައްދުގެ ތަރައްގީއާ ވެސް ގުޅިފައިވާ މުހިންމު މަޝްރޫއެކެވެ.
ރާއްޖޭގެ އެންމެ ބޮޑު ރަށް، ލ. ގަމަށް އަޅުގަނޑަށް މި އާދެވުނީ 10 އަހަރު ފަހުންނެވެ. އޭރާއި މިހާރާ އަޅާބަލާއިރު، މި ރަށާއި މި ރަށާ ގުޅިފައިވާ ފޮނަދު އަށް އުމްރާނީ ތަރައްގީތަކެއް ވަނީ އައިސްފަ އެވެ. ނަމަވެސް އެންމެ ހައިރާންވި ކަމަކީ މި ދެރަށުގެ ވެސް އަދި ހާއްސަކޮށް ގަމުގެ މަގުތަކުގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެފައި އޮތުމެވެ.

މަސްދަރު: ހަވީރު އޮންލައިން
ލިޔުނީ: ހުސައިން ފިޔާޒް
ލިޔުނީ: Unknown
ކައްދޫގައި ވަޒީފާ އަދާކުރަމުން އަންނަ 130 ވަރަކަށް މުވައްޒަފުން ރާއްޖޭގެ ރައީސްކަމަށް އަރާ ހުންނެވި ވަޙީދު ޙަސަން މަނިކު އަރިހުން އެދުނު ފަދައިން އެ މުވައްޒަފުން ސިވިލް ސަރވިސް ދަށަށް ބަދަލުކޮށްފާނެބާ އޭ މިއީ މިއަދު އުފެދޭ ސުވާލެކެވެ. މިދެންނެވި މުވައްޒަފުން މި ސުވާލުގެ ޖަވާބަކަށް އިންތިޒާރު ކުރަމުން އަންނަ އިރު މިކަމަކީ ވުމަށްވުރެން ނުވުން ގާތް ކަމެއް ކަމަށް އަޅުގަނޑަށް ސިފަ ކުރެވެއެވެ.

ކޮންމެ ކަމަކަށްވެސް ނިންމުމެއް ނިންމާނީ ކޮންމްވެސް ކަންތައްތަކެއްގެ މައްޗަށް ބުރަވެ، ކަންތައްތަކަކަށް ރިޢާޔަތް ކުރުމަށްފަހުގައެވެ. ކޮންމެ ހައިޕޮތެސިސް އެއް ނުވަތަ ކޮންމެ ފޯރކާސްޓެއް (ނިމުތު ކުރުމެއް) ނިންމާނީ ފެންނާންހުރި ކަންތައް ތަކަކަށް ބެލުމަށް ފަހުގައެވެ. އެގޮތުން މިވަގުތު ކުންފުންޏެއްގެ ނަމުގައި ހިންގަމުން އަންނަ ކައްދޫ އެއަރޕޯޓް ކޮމްޕެނީ ލިމިޓެޑް ގެ މުވައްޒަފުން އެދުނު ފަދައިން ސިވިލް ސަރވިސްގެ ދަށަށް މިހާރު މި އޮތް ސަރުކާރުން ބަދަލު ނުކުރާނެ ކަމަށް ބެލެވޭ ކަންތައްތަކެއްވެސް އެބަ ހުއްްޓެވެ.

1-      ވަކި ބަޔަކަށް ލިބިފައިވާ އާރާއި ބާރު ކުޑަވެގެން ދާކަށް ނޭދޭނެ އެވެ.

ކައްދޫ އެއަރޕޯޓް ކުންފުންޏެއްގެ ނަމުގައި ހިންގާން ފެށުމުން ނާޖާއިޒް ފައިދާތަކެއް މިހާރު މި އޮތް ބަޣާވާތުގެ ސަރުކާރަށް ތާއިދުކުރާ ބަޔަކަށް ސީދާގޮތުންނާއި ނުސީދާގޮތުން ލިބެމުން ދާކަމީ ފެންނާން އޮތް ހަޤީޤަތެކެވެ. އެހެން ކަމުން މިފަދަ ނާޖާއިޒު ފައިދާތަކެއް ނަގަމުން އަންނަ ބައެއްގެ ކިރިޔާވެސް ބާރެއް އޮތްހައި ހިނދަކު މުވައްޒަފުން ކޮންމެ ގޮތަކަށް އެދެމުން ދިޔަކަމަށް ވިޔަސް މިދެންނެވި މީހުން ބޭނުންވާގޮތް ނޫން ގޮތެއް ވުމަށް އެންމެ ތަންފުކެއްވެސް ދުލެއް ނުކުރާނެއެވެ. މިކަން ވަނީ މި ދެންނެވި ފަދަ ފަރާތެއްގެ ބަސްމަގުންވެސް އެނގިގެން ގޮސްފައެވެ.

2-      ކައްދޫ މުވައްޒަފުންނަށް ވަހީދު ދެއްވި ޖަވާބުގައި އެއްވެސް ޔަޤީން ކަމެއް ނެތުން.

ކައްދޫ މުވައްޒަފުން ވަހީދު ހަސަން މަނިކާއި ބައްދަލުކޮށްފައިވަނީ މިމަހުގެ 17 ވަނަ ދުވަހުގެ ރޭގައެވެ. އެ ބައްދަލުވުމުގައި ބައިވެރިން ދެއްކި ވާހަކަތައް އަޑު އެއްސެވުމަށްފަހު ވަޙީދު ހަސަން މަނިކު ދެއްވެވީ ފިނި ޖަވާބެކެވެ. "ތީގަ ދެން އަޅުގަނޑަށްވެސް ކޮންމެވެސް ކަމެއް ކުރެވޭނެ އިރާދަ ކުރެއްވީތީ." މުވައްޒަފުންގެ ވާހަކަތައް އަޑުއެއްސެވުމަށްފަހު ރައީސް ވަހީދު މާ ބޮޑު ޔަޤީންކަމެއް ނެތްގޮތަށް ވިދާޅުވެފައިވަނީ މިހެންނެވެ. އެއްވެސް ބާރެއް މިކަމުގައި ނެތްފަދަ ގޮތަކަށެވެ.
ލިޔުނީ: Unknown
ނާއިލާ ލެބޯޓްރީގައި މަސައްކަތްކުރައްވަނީ: އޭނާގެ ޕީއެޗްޑީ ތީސިސް ހާއްސަކުރައްވާފައިވަނީ ރިހާކުރުގެ ދިރާސާތަކަށް
ރިހާކުރުގައި ވިހަވާ ވަރަށް ހިސްޓަމިން ހުރޭ: ދިރާސާ

ރާއްޖޭގައި ހާއްސަކޮށް އުފައްދާ ރިހާކުރަކީ ދިވެހިންނަށް ވަރަށް މީރު އެއްޗެކެވެ. އެކަމަކު ރިހާކުރު ކެއުމުން ތަފާތު މައްސަލަތައް ބައެއް ފަހަރު ދިމާވެ އެވެ. އެ މައްސަލަތަކުގެ އަސްލު ސައިންސްވެރިންގެ ބަޔަކު ފުރަތަމަ ފަހަރަށް ހޯދައިފި އެވެ.

ފުޑް ޓެކްނޮލޮޖީގެ ދާއިރާ އިން ޕީއެޗްޑީ އަށް ކިޔަވަމުން އަންނަ ދިވެއްސަކު އިސްވެ ހުރެގެން ކުރި ދިރާސާއަކުން އެނގުނު ގޮތުގައި އިންސާނުން ވިހަވާން މެދުވެރިވާ ހިސްޓަމިން ސިއްހަތަށް ނުރައްކާ މިންވަރަށް ރިހާކުރުގައި ހުރެ އެވެ. އެ ދިރާސާ މި އަހަރުގެ މާޗް މަހު ވަނީ ފުޑް ކެމިސްޓްރީ ޖާނަލްގައި ޝާއިއުކޮށްފަ އެވެ.

ނިއު ޒީލެންޑްގެ މެސީ ޔުނިވަސިޓީގައި ތައުލީމް ހާސިލްކުރައްވަމުން އަންނަ އައިޝަތު ނާއިލާގެ ތީސިސް ހާއްސަކުރައްވައިފައި ވަނީ ރިހާކުރުގެ ތަފާތު ދިރާސާތަކަށެވެ. އެކަމަށް އޭނާ މިހާރު ވަނީ ހަތަރު އަހަރު ހޭދަކުރައްވައިފަ އެވެ.

ނިއު ޒީލެންޑްގެ އިންސްޓިޓިއުޓް ފޯ ޕްލާންޓް އެންޑް ފުޑް ރިސާޗް ލިމިޓެޑާއި އޮޓާގޯ ޔުނިވަސިޓީ އާއި އިނގިރޭސިވިލާތުގެ ޔުނިވަސިޓީ އޮފް ލިންކަންއާ ގުޅިވަޑައިގެން ނާއިލާ ހެއްދެވި މި ދިރާސާ ހާއްސަކޮށްފައި ވަނީ ރިހާކުރު ކެއުމުން ދިމާވާ މައްސަލަތަކަށެވެ.

"ރިހާކުރާ ބެހޭ ސައިންޓިފިކް އެއްވެސް މައުލޫމާތެއް ނެތީމަ އަޅުގަނޑު ޝައުގުވެރިވީ އެ މައުލޫތު ހޯދަން. ރިހާކުރު ކޭމަ ބައެއް ފަހަރު އަނގަ ކެހުން ކަހަލަ މައްސަލަތައް ދިމާވޭ. އަޅުގަނޑު ބޭނުންވީ އަނގަ ކަހަނީ ކީއްވެގެންތޯ ބަލަން،" ފަސް މީހުންގެ ޓީމަކުން ކުރި ދިރާސާއާ ބެހޭގޮތުން ނާއިލާ ވިދާޅުވި އެވެ. "ކުރިން އަޅުގަނޑު ހުންނާނެ ރިހާކުރުގެ ވަރަށް ގިނަ ފައިދާތަކެއް ހުރި ކަން އެނގޭ ދިރާސާއެއް ވެސް ކޮށްފައި. އެ ގޮތުން ރިހާކުރުގައި ޕްރޮޓީން ވަރަށް ގިނަ ކަމާއި އޭގައި އޮމޭގާ 3 ވެސް ހުންނަ ކަން ވާނީ ހޯދިފައި."

ހިސްޓަމިން އުފައްދާ ބެކްޓީރިއާ ރިހާކުރުގައި ހުންނަން މެދުވެރިވާ ސަބަބަކީ ނާއިލާ ގަބޫލުކުރައްވާ ގޮތުގައި ބޭނުންވާ ފިނިހޫނުމިނުގައި މަސް ނުބެހެއްޓުމެވެ. އެހެންކަމުން ބެކްޓީރިއާ އުފެދެނީ ރިހާކުރު ކެއްކުމުގެ ކުރިން، މަހުގައި ކަމަށް އޭނާ ވިދާޅުވި އެވެ.

"މަސް ފިނިނުކޮށް 16 ގަޑިއިރު ހޭދަވެއްޖެ ނަމަ މަތީ ދަރަޖައަކަށް ހިސްޓަމިން އުފެދިފައި ހުންނަ ކަން ވަނީ ފާހަގަކުރެވިފަ އެވެ،" ދިރާސާގެ މައްޗަށް ނާއިލާ ލިޔުއްވާފައިވާ ޕޭޕަރުގައި ވެ އެވެ.

"ދިރޭ މަހުގައި ގުދުރަތީ ގޮތުން ބެކްޓީރިއާ ހުންނަނީ މަހުގެ ހަމާއި ކަރުތާފަތުގަ އެވެ. ނަމަވެސް މަސް މަރުވުމުން ބެކްޓީރިއާތައް މަސްގަނޑުގައި އަށަގަނެ އެވެ. އަށަގަތުމަށް ފަހު، އިތުރުވުމަށްޓަކައި މަހުގައި އެކުލެވޭ މާއްދާއެއް ކަމަށްވާ ހިސްޓިޑިން ކާނާއެއްގެ ގޮތުގައި ބޭނުންކުރުމުން މި މާއްދާ ބަދަލުވަނީ ހިސްޓަމިން އަށެވެ."

ނާއިލާ ވިދާޅުވިގޮތުގައި ހިސްޓަމިން އަކީ ބަޔޯޖެނިކް އެމައިންސް އެކެވެ. ހިސްޓަމިންގެ އިތުރުން ވެސް ނުވަ ބަޔޯޖެނިކް އެމައިންސް ރިހާކުރުން ވަނީ ހޯދާފަ އެވެ. ބަޔޯޖެނިކް އެމައިންސްގެ ތެރޭގައި ޕުޓްރެސިން އާއި ކެޑެވެރިން، ހިސްޓަމިންގެ އިތުރުން، އެކުލެވޭނަމަ ހިސްޓަމިންގެ ވިހަކަން ރިހާކުރުގައި އިތުރުވާނެ ކަމަށް ނާއިލާ ވިދާޅުވި އެވެ.

"ރިހާކުރުން ބެކްޓީރިއާ ނަގާފައި ބަޔޯޖެނިކް އެމައިންސް ހުރިތޯ ބެލީ. ބަޔޯޖެނިކް އެމައިންސް އަކީ މައިގަނޑު ގޮތެއްގައި ބެކްޓީރިއާ އިން އުފައްދާ ކެމިކަލްތަކެއް،" އޭނާ ވިދާޅުވި އެވެ.

ރާއްޖޭގެ އުތުރާއި ދެކުނާއި މެދުތެރެއިން ރިހާކުރު ހޯދައިގެން ޓެސްޓްކުރި 28 ސާމްޕަލްގެ ތެރެއިން ހުރިހާ ސާމްޕަލަކުން ވެސް ބަޔޯޖެނިކް އެމައިންސް ފެނުނެވެ. އެއީ ތިން ސާމްޕަލަކުން ،9 10 ސާމްޕަލަކުން ،8 ހަ ސާމްޕަލަކުން ،7 ތިން ސާމްޕަލަކުން ،6 ފަސް ސާމްޕަލަކުން 4 އަދި އެއް ސާމްޕަލުން 1 ވައްތަރުގެ ބަޔޯޖެނިކް އެމައިންސް އެވެ.

ޓެސްޓްކުރި ސާމްޕަލްތަކުގެ ތެރެއިން 50 ޕަސެންޓަށް ވުރެ ގިނަ ސާމްޕަލުން ވިހަވާ ވަރަށް ( 500 ޕީޕީއެމް) ހިސްޓަމިން ވަނީ ފެނިފަ އެވެ.

"އިންސާނުންގެ ސިއްހަތަށް ނުރައްކާ ކަމަށް ބެލެވޭ މިންވަރަށް ހިސްޓަމިން ހުރި ކަން ވަނީ ފާހަގަކުރެވިފަ އެވެ،" ނާއިލާގެ ޕޭޕަރުގައިވެ އެވެ.

ހިސްޓަމިން ވިހަވުމުގެ އަލާމާތްތަކުގެ ތެރޭގައި ގައިން ފިތް ނެގުމާއި މޫނު ދުޅަވުމާއި ހިރުވުމާއި ތުންފަތް ދުޅަވުމާއި ބޮލުގައި ރިއްސުމާއި ހޮޑުލެވުމާއި ހުންއައުން ހިމެނެ އެވެ.

ކުރިން ހަދާފައިވާ ދިރާސާއެއްގައި ރެންޑަމްކޮށް ދެ ސާމްޕަލަކުން ބެކްޓީރިއާ ނަގާފައިވެ އެވެ. މީގެ ތެރެއިން 14 ބެކްޓީރިއާއެއް ހިސްޓަމިން އުފައްދާތޯ މި ދިރާސާގައި ޓެސްޓްކުރި އެވެ. ހިސްޓަމިން އުފައްދާ ކަމަށް ދެއްކީ ވަރަށް މަދު މިންވަރަކަށް 12 ބެކްޓީރިއާއިންނެވެ. އެހެންކަމުން ހިސްޓަމިން ގިނަ ރިހާކުރު އުފައްދާފައި ވަނީ ގިނަ އިރު ފިނިނުކޮށް ހުރި މަހުން ކަމަށާއި އޭގެ ސަބަބުން ހިސްޓަމިން އުފައްދާ ބެކްޓީރިއާ އިތުރުވުމުން ކަމަށް ވަނީ އެނގިފަ އެވެ.

ޕޭޕަރުގައި ބުނެފައިވަނީ ބޮޑަށް ބެލެވޭގޮތުގައި ރިހާކުރުގައި ހިސްޓަމިން އެކުލެވިގެން އަންނަނީ ރިހާކުރު ހެދުމުގެ ކުރިން ނުވަތަ އެ ހެދުމަށް ކައްކާފައި ހުންނަ ގަރުދިޔަގަނޑު ތެރެއިން ކަމަށެވެ.

"އެ ގޮތަށް ދިމާވަނީ މަސް ފިނިނުކޮށް ގިނަ އިރުތަކެއް ފަހުން، މަސް އުކާނުލާން ވެގެން ރިހާކުރު ކައްކާތީ. މި ގޮތުން ވަރަށް ބައިވަރު ހިސްޓަމިން އިތުރުވެފައި ހުއްޓާ މި ކެއްކެނީ،" ނާއިލާ ވިދާޅުވި އެވެ.

ރިހާކުރުގައި ހުންނަ ހިސްޓަމިން އުފައްދާ ވައްތަރުގެ ބެކްޓީރިއާ އަކީ ހޫނަށް ސެންސިޓިވް އެއްޗަކަށް ވުމުން އެ ބެކްޓީރިއާގެ ބާރު މަސް ކައްކާ އިރު ކެނޑިގެންދާނެ ކަމަށާއި އެހެންކަމުން އޭގެ ކުރިން ހިސްޓަމިން އުފެދިފައި ނެތް ނަމަ ރިހާކުރުގައި ހިސްޓަމިން ނުހުންނާނެ ކަމަށް ނާއިލާގެ ޕޭޕަރުގައި ވަނީ ފާހަގަކޮށްފަ އެވެ.

"ރިހާކުރުގައި ހިސްޓަމިން ހުރުން ކޮންޓްރޯލްކުރުމަކީ އުނދަގޫ ކަމަކަށް ވާނެ. ސަބަބަކީ ހިސްޓަމިން އުފެދުނަ ނުދިނުމަށްޓަކައި މަސް ފިނިކޮށްގެން ގެންގުޅުމަކީ އާއްމުންނަށް ދަތިކަމެއް. އެއީ ފިނިކުރުމުގެ ވަސީލަތްތައް އެކަށީގެންވާ ވަރަށް ނެތުމުގެ ސަބަބުން،" ނާއިލާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވާގޮތުގައި ހިސްޓަމިން އުފެދޭ ފަހުން ނައްތާލަން އުނދަގޫވާނެ އެވެ. ސަބަބަކީ ހިސްޓަމިން އަކީ ހޫނަށާއި ކެމިކަލްތަކަށް ސްޓޭބަލް އެއްޗަކަށް ވުމެވެ. ނަމަވެސް ހިސްޓަމިން މަދުކޮށްދޭ ބެކްޓީރިއާ އާއި އެންޒައިމް ބޭނުންކުރެވިދާނެ ކަމަށް ނާއިލާގެ ޕޭޕަރުގައި ހުށަހަޅާފައިވެ އެވެ.

މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) ގެ ވަޒީފާގައި އުޅުއްވަމުން ޕީއެޗްޑީ އަށް ވަޑައިގެންނެވި ނާއިލާގެ ތީސިސް އެކްސްޕެރިމެންޓްތަކުގެ 99 ޕަސެންޓް ވަނީ ނިންމަވާފަ އެވެ. މިހާރު އޭނާ ކުރިއަށް ގެންދަވަނީ ލިޔުއްވުމުގެ މަސައްކަތެވެ.

"އަންނަ އަހަރުގެ އޭޕްރީލް މަހު ރާއްޖެ ދާން އަޅުގަނޑު އުއްމީދުކުރަން،" އޭނާ ވިދާޅުވި އެވެ.

މަސްދަރު: ހަވީރު އޮންލައިން
ލިޔުނީ: Unknown
 މިއުވާން މުހައްމަދު 


ލ އިސްދޫ މީހަކު ފެނުމުން ހަރުކުލައިގެ ވަރަށް ގިނަ މީހުން ބުނާ ވާހަކައެއް އޮވެއެވެ. އެއީ އިސްދޫ ބަޔަކު ރައީސް މައުމޫނުގެ ފޮޓޯފުޅަކަށް އިހާނެތިކޮށް ހިތައިގެން އަދަބު ލިބުނު ވާހަކައެވެ. ރައީސް މައުމޫނުގެ ފޮޓޯފުޅަކަށް އެމީހުން އިހާނެތިކޮށް ހިތީ ކީއްވެގެންތޯ މިހާ ހިސާބުން ސުވާލު އުފެދެއެވެ. އަދި އެމީހުންނަށް އެކަމުގެ ސަބަބުން ލިބުނު ލާއިންސާނީ އަނިޔާތަކުގެ ވާހަކަ އެނގެން ބޭނުންވާ މީހުން ގިނައެވެ. އެހެން ނަމަވެސް މިކަމާއި ބެހޭ ގޮތުން އިސްދޫ މީހުންނާ ސުވާލު ކުރުމުން މިކަމުގެ ހަޤީޤަތް ދަންނަ މީހުން މަދުކަން ފާހަގަކޮށްލެވުނެވެ. އެކަން ކުރީ ކޮން ބައެއް ކަން އެނގުނުނަމަވެސް، އެކަން ހިނގީ ސީދާ ކިހިނެއްކަމެއް އެމީހުންނަކަށް ނޭނގެއެވެ. ކޮންމެއަކަސް ތާރީޚުގައި ހިނގާފައިވާ ކަމެއްކަމަށްވުމާއި އެކު، އަދި މިކަމާއި މެދު މައުލޫމާތު ލިބިފައިވާ މީހުންގެ އަދަދު މަދު ކަމާއި އެކު، މިކަން ހިނގި ގޮތް ރާއްޖެ ޓީވީގެ ބެލުންތެރިންނަށް ގެނެސްދިނުމުގެ ޝައުޤުވެރިކަން އުފެދިއްޖެއެވެ. މިކަމާއި ބެހޭ ގޮތުން އެންމެ ރަނގަޅު އެންމެ ސައްހަ މައުލޫމާތު އެނގޭނެ ގޮތަކީ އިސްދޫއަށް ގޮސް، އެމީހުންނާއި ބައްދަލުކޮށްގެންކަމަށްވާތީ، އެކަމުގެ ޝައުޤުވެރިކަމުގައި އަޅުގަނޑު އިސްދޫއަށް ދިޔައީމެވެ.

ތާރީޚީ ގޮތުން ފާހަގަކޮށްލެވޭ އިސްދޫގެ ރައްޔިތުންނަކީ މަސައްކަތްތެރި ބައެކެވެ. ރައީސް މައުމޫންގެ ފޮޓޯފުޅަކަށް އިހާނެތިކޮށް ހިތައިގެން އަދަބު ލިބުނު ގިނަ މީހުންނަކީ މަސްވެރިކަން ކުރާ ބަޔަކަށްވުމުން އެމީހުންނާއި ބައްދަލުކުރެވެން އޮތީ ހަމައެކަނި ހުކުރު ދުވަހެވެ. ހުކުރު ދުވަހު އިސްދޫއަށް ގޮސް އެރަށު އެކި މީހުން ކައިރިން އަހައިގެންނާއި އަދި އެކަމުގައި އަދަބު ލިބުނު މީހުން ކައިރިން އެހާދިސާ ހިނގި ގޮތް އޮޅުން ފިލުވީމެވެ.

މިގޮތުން ފުރަތަމަ އަޅުގަނޑު ބައްދަލުކުރީ އިސްދޫ ހަސަން މުހައްމަދާއެވެ. ހަސަން މުހައްމަދު އަޅުގަނޑަށް ކިޔައިދިން ގޮތުގައި މިކަމެއް ހިނގީ 1987 ވަނަ އަހަރުގެ ތެރޭގައެވެ. ދުވަސްވަރަކީ ހަސަން މުހައްމަދުގެ އެންމެ ޒުވާން ދުވަސްވަރެވެ. އެފުރައިގެ އެހެން ޒުވާނުންނެކޭ އެއް ގޮތަށް ލާނެތް ކަންތައްތައް ހަސަން މުހައްމަދަށްވެސް ހުރީ ކުރެވިފައެވެ. ނަމަވެސް، މައުމޫންގެ ފޮޓޯފުޅަކަށް ގޯނާ ކުރީ ފަހުން ވާނެ ގޮތެއް ވިސްނައިގެނެއް ނޫނެވެ. އަދި ރައީސް މައުމޫންގެ އަނިޔާވެރިކަން އެހާ މިންވަރަށް ހުންނާނެކަން އެނގިގެނެއްވެސް ނޫނެވެ. ހަސަން މުހައްމަދު ބުނި ގޮތުގައި މިކަމެއް އެންމެ ފުރަތަމަ ހިނގީ ރަށު އޮފީހުން އެދުވަސްވަރު ބަލަމުން ދިޔަ އޭނަގެ ރަހުމަތްތެރިއެއްގެ މައްސަލަޔަކާއި ގުޅިގެން ހިތްހަމަނުޖެހިގެން އެމައްސަލައާއި ގުޅޭ ބައެއް ލިޔެ ކިޔުންތައް ރަށު އޮފީހުން ނަގައިދިނުމަށް ހަސަން މުހައްމަދުގެ އެހީއަކަށް ތަކުރާރުކޮށް ރަހުމަތްތެރިޔާ އެދުމުން އެކަން ކޮށްދިނުމަށް އެއްބަސްވެ، އެލިޔުންތައް ނެގުމަށް ރަށު އޮފީހަށް ދިޔަ ހިސާބުންނެވެ. ހަސަން މުހައްމަދު ރަށު އޮފީހަށް ދިޔައީ އެރޭ ދަންވަރު އޭނަގެ އެހެން ގާތް މީހަކާއި އެކުގައެވެ. އެހެން ނަމަވެސް ނަސީބު ދެރަކަމުން ރަށު އޮފީސް ތަޅުލާފައި ހުރުމުގެ ސަބަބުން ލިޔުންތައް ނަގަން ވަދެވޭ ގޮތެއް ނުވިއެވެ. އެކަމާއި ހިތްހަމަނުޖެހިގެން ހުރެ އެއްލި ކަޅިއަކުން ހަސަން މުހައްމަދުގެ ލޮލުގައި އަޅައިގަތީ ރަށު އޮފީހުގެ ފެންޑާގައި ވަރަށް ރީތިކޮށް، ފްރޭމްކޮށް ބަހައްޓާފައި ހުރި ރައީސް މައުމޫންގެ ޒުވާން ފޮޓޯ ފުޅެކެވެ. މާބޮޑު ވިސްނުމެއް ޚިޔާލެއް ފިކުރެއް ނެތި ރަހުމަތްތެރިޔާއާއި ދެމީހުން ނިންމީ އެފޮޓޯފުޅު ނަގައިގެން ދިޔުމަށެވެ. ފޮޓޯފުޅު ނަގައިގެން އެދެމީހުން ދިޔައީ ރަށުގެ ބޮޑު މަގުން އަތިރިމައްޗާއި ދިމާލަށެވެ. އަތިރިމައްޗަށް ފޭބުމާއި އެކު ދެން ޚިޔާލަށް އައީ އެމީހުން ނަގައިގެން އައި ފޮޓޯފުޅު އަތިރިމައްޗަށް އެއްލާލުމަށްފަހު އޭގެ ބޭނުން ދެން އިތުރަށް ނުކުރެވޭ ވަރު ކުރުމަށެވެ. ކޮންމެއަކަސް އެރޭ މިކަމެއް ކުރުމަށްފަހު ދެރަހުމަތްތެރިން ގެއަށް ނިދަން ދިޔައީ މާބޮޑު ޚިޔާލެއް ނެތި ކުރިއަށް އޮތް ދުވަހު ކުރިމަތިވެދާނެ ބިރުވެރިކަމަކަށް ވިސްނައިގެނެއް ނޫންނެވެ.

ޖެހިގެން އައި ދުވަހު އިރު އެރި އިރު ކަމަކުދާކަށް ނެތެވެ. މުޅި ރަށުތެރޭގައި އޮތީ ރައީސް މައުމޫންގެ މާތްވެގެންވާ ފޮޓޯފުޅަކަށް އިހާނެތިކޮށް ހިތާ، އެފޮޓޯފުޅު ތަޅާލި ވާހަކައެވެ. މިފަދަ ބޮޑު ޖަރީމާއެއް ހިންގި ބަޔަކު ހިފާ ހައްޔަރުކޮށް އަދަބު ދިނުމުގެ އަމުރު އައީ ލަސްތަކެއް ނުވެއެވެ. މިކަން ހިނގީ ކިހިނެއްކަން ރަށު މީހުންނަށް ފަޅާއެރީ މިކަމުގައި ހިމެނުނު އެކަކު އެވާހަކަ ދެއްކުމުންކަމަށް ބުނެވެއެވެ. ފޮޓޯއަށް އިހާނެތިކޮށް ހިތި މައްސަލައިގައި ބައިވެރިވެސް ނުވާ މީހުންނާއި ބައިވެރިވި މީހުންނާއި އެއްކޮށް ހައްޔަރުކޮށް، ބޮޑެތި އަދަބުތައް އެމީހުންނަށް ދިނެވެ.

މައްސަލައިގައި އަދަބު ލިބުނު މީހުންގެ ތެރޭގައި ކަމާއިނުވެސް ބެހޭ މީހުންވެސް ހިމެނެއެވެ. އޭގެ ތެރެއިން އެކަކީ ހަސަން މުހައްމަދުގެ ބޭބެ، އަބްދުލްހަމީދުއެވެ. ރަށު އޮފީހަށް ވަންނަން ހަސަން މުހައްމަދާއި އޭނަގެ އެކުވެރިޔާ މަސައްކަތްކުރި އިރު ކަންދިމާވި ގޮތުން އަބްދުލްހަމީދު ހުރީ އަންހެން ކުއްޖަކާއި އެކު ގެއެއްގެ މަގުފާރު ކައިރީގައި ވާހަކަ ދައްކާށެވެ. މައްސަލައިގައި އަބްދުލްހަމީދުގެ ކުށަކީ އެރޭ ހޭލާ އެތަނުގައި އަންހެން ކުއްޖަކާއި ވާހަކަ ދައްކަން ހުރެވުނުކަމެވެ. އަބްދުލްހަމީދު އެކުއްޖާއާއި ވާހަކަ ދައްކަން ފާރުކައިރީގައި ހުއްޓާ 2 ފިރިހެނަކު މަގުގެ އަނެއް ފަރާތުން ދިޔަތަން އޭނައަށްވެސް ފެނުނެވެ. އެއީ ކޮންބައެއްކަން ނުވަތަ ކީއްކުރާ ބައެއްކަން އަބްދުލްހަމީދަށް އެނގިފައެއް ނުވެއެވެ. އެހެންނަމަވެސް ޖެހިގެން އައި ދުވަހު އަބްދުލްހަމީދު ކުށްވެރިވީ ރަށުތެރޭގައި ބޮޑު ނުބައިކަމެއް ހިނގައިގެން އުޅޭ އިރު، އެކަމުގެ މައުލޫމާތު ލިބި، އެކަން ސިއްރުކޮށްގެން ހުރީތީވެއެވެ. އަބްދުލްހަމީދަށްވެސް މިމައްސަލައިގައި ޖަލުގައި އަދަބު ލިބި އަރުވާލާފައިވެއެވެ.

ކޮންމެއަކަސް، މިކަމެއް ހިނގިރޭގެ ފަހު ދުވަހު ފޮޓޯ ނެގި ހަސަން މުހައްމަދާއި، އަބްދުއްރަހީމާއި، ލިޔުންތައް ނަގައިދޭން ހަސަން މުހައްމަދުގެ އެހީއަށް އެދުނު ރަހުމަތްތެރިޔާއާއި ކަމާއި ނުވެސް ބެހޭ އަބްދުލްހަމީދާއި މުހައްމަދު ކިޔާ ޒުވާނަކު އަނިޔާވެރިކޮށް ހައްޔަރުކޮށްގެން މާލެ ގެނެވުނެވެ. އަދި ޖަލުގައި އެމީހުންނަށް ކުރި އަނިޔާތަކީ އެމީހުންގެ ހިތުން ފިލާނެ އަނިޔާ ތަކެއް ނޫނެވެ. އެމީހުންގެ އަތުގައި ފުރަގަހަށް ވާގޮތަށް ބިޑިއަޅުވާ، ގައިގައި ހަކުރު ފަނި އުނގުޅާ، ގަޔަށް ހިނި އަރުވާ، އެތައް އަނިޔާއެއް ކުރިއެވެ. އެދުވަހު ހައްޔަރުކުރެވުނު ބައެއް މީހުންނަށް އިސްދޫގައި އަތޮޅުވެރިޔާގެ އަމުރަށް ދެވުނު އަދަބުތައް ލޮލުން ފެނުނު މީހުން އަދިވެސް އަސާރާއިއެކު، އެވާހަކަ ދައްކައެވެ. އެދުވަހު ހައްޔަރުކުރެވުނު މީހުންގެ ތެރެއިން މުހައްމަދު ކިޔާ ޒުވާނަކީ މިމައްސަލައިގައި ނުވެސް ހިމެނޭ ޒުވާނެކެވެ. އެހެން ނަމަވެސް އެކަން ހިނގި ގޮތް އެނގޭނެކަމަށް ބުނެ މުހައްމަދަށް ރަށުގައިވެސް އަދި ޖަލުގައިވެސް ބޮޑެތި އަނިޔާދިނެވެ. އޭނާ ރަށުން ބާލައިގެން ޖަލައް ގެނައީ ވާޖަހާފައެވެ.

ކޮންމެއަކަސް ރަށު އޮފީހުގެ އިސްދޫ ސެކްޝަންގައި ބަހައްޓާފައި ހުރި އޭރުގެ ރައީސުލްޖުމްހޫރިއްޔާގެ ފޮޓޯފުޅަކަށް އިހާނެތިކޮށް ހިތުން ވެގެންދިޔައީ ބަޔަކު ކުރިން ހީވެސްކޮށްފާ ނެތް ވޭނާއި އަޒާބު ލިބިގެންދިޔަ، ބޮޑު ކުށަކަށެވެ. އެތައް ބަޔަކަށް ޖަލުގެ އަނިޔާއާއި ބޮޑެތި ހުކުމްތައް އައިކަމަކަށެވެ. އެންމެ ފަހުން އެވާހަކަތައް އޭރުގެ ނޫސްތަކުގެ ފަލަ ސުރުޚީތަކުންވެސް ޖާގަ ހޯދިއެވެ. އެހެން ނަމަވެސް ފާހަގަކޮށްލެވުނު ކަމަކީ މީހުންނަށް ނުހައްޤުން ލިބުނު އަދަބުތަކުގެ ވާހަކަޔަށްވުރެ ބޮޑަށް ފަލަސުރުޚީތަކުގައިވެސް ފާހަގަކޮށްފައިހުރީ، ރައީސް މައުމޫންގެ ފޮޓޯފުޅަކަށް ގޯނާކުރި ވާހަކަޔާއި، ހަލާކުވި ފޮޓޯފުޅުގެ ބަދަލުގައި އިސްދޫއަށް މައުމޫންގެ އައު ފޮޓޯފުޅެއް ނުލިބިގެން އުޅޭ ވާހަކަތަކެވެ.
ލިޔުނީ: Unknown
ޢަދާލަތު ޕާޓީން ރާއްޖޭގައި ބަޣާވަތްކުރުމަށްފަހު އުފެއްދި އެންމެ ފުޅާ ކޯލަޝަނުން ވަކިވުމަށްފަހު، އެޕާޓީން ދެން ގުޅޭނީ ކޮން ޕާޓީއަކާތޯ ބެލުމަށްޓަކާ، ޢަދާލަތުގެ މެންބަރުންގެ ފަރާތުން ފުޅާ ސާރވޭ އެއް ނެގިވާހަކައާއި އެސާރވޭއިން ޖުމްހޫރީ ޕާޓީއާ ގުޅުމަށް 83% ތާއީދު ލިބުނުކަމަށް، އެޕާޓީގެ ނޫން ބަޔާނުގައި ލިޔެފައިއޮތް އޮތުމަކީ ކަނޑައެޅިގެން ހަދާފައިވާ ދޮގެކެވެ. އަދި އެއީ ރައްޔިތުން އޮޅުވާލުމުގެ ގޮތުން ހަދާފައި އޮތް، އިޔަހޫދި ޙީލަތަކެވެ. އޭގައި ކިތަންމެ ހެއްކެއް އެބަހުއްޓެވެ.

1- ފުރަތަމަ ހެއްކަކީ ޢާދާލަތުގައި މިހާރު އެންމެ އިސްކޮށް އުޅޭ ޝައިޚު ޢިމްރާނާއި ޝައިޚު ޝަހީމާއި ޑރ. މައުރޫފަކީ މިފަދަ މަކަރާއި ޙީލަތް ހެދުމުގައި، އަދި މިފަދަ އޮޅުވާލުމުގެ ތެރެއިން ޢަދާލަތުގެ މެންބަރުންގެ ލޮލުގައި މަކަރުވެރި، ދޮގުވެރި އަނގުދުން ކިތަންމެ ފަހަރެއްގެ މަތިން އަޅުވާފައިވާ ބައެއް ކަމުގައި ވާތީއެވެ. 2008 ވަނަ އަހަރު ޢަދާލަތުގެ ޢިލްމުވެރިންގެ މަޖިލީހުން، ޢަދާލަތު ރިޔާސީ އިންތިޚާބަށް ކުރިމަތި ނުލާނެ ކަމަށާއި، އަދި ކުރީގެ ރައީސް މައުމޫނަށް ތާއީދުވެސް ނުކުރާނެ ކަމަށް ނިންމި ނިންމުމާ ގުޅިގެން، މަޝްވަރާ މަޖިލީހުން ނިންމާފައިވަނީ ޢަދާލަތު ޕާޓީން ބައިވެރިވާނެ ޕާޓީއެއް ނުވަތަ ފަރާތެއް ކަނޑައެޅުމަށްޓަކައި ދިރާސާކުރާނެ 5 މެންބަރުންގެ ކޮމެޓީއެއް ހޮވުމަށާއި ޢަދާލަތު މެންބަރުންގެ ޚިޔާލެއްވެސް ހޯދުމަށެވެ. އަދި އެކޮމެޓީގައި އިސްކޮށްތިބެ މެންބަރުންގެ ތެރޭގައި މިދެންނެވި މަޢުރޫފާއި ޢިމްރާނާއި ޝަހީމު ހިމެނުނެވެ. މިގޮތުން އެފަހަރު އެބުނާ ޚިޔާލު ފާޅުކުރުމުގެ ފޯމެއް ފުރައިގެން މެންބަރުންގެ ފަރާތުން އެމީހުންގެ ޚިޔަލު ހޯދުނެވެ. އަދި ޚިޔާލު ފޯމުތަކުން އެންމެ ގިނަ މީހުންގެ ތާއީދު ލިބިފައިއޮތީ އެމްޑީޕީއަށެވެ. އޭގެފަހުން ޙަސަން ސަޢީދަށެވެ. އެންމެފަހުން ކަންވެގެން ދިޔައީ މެންބަރުންގެ ޚިޔާލާ އެއްގޮތަށްތޯއެވެ؟ މިފޯމުތަކުގެ ވާހަކަ ދެކެވިގެން ދިޔަ ވަގުތެއްގައި ޢިމްރާނު ވިދާޅުވެފައިވަނީ އެއީ ތިމަންނާމެން މެންބަރުން ރުއްސުވުމަށް ފުރުވާ ފޯމުތަކެއްކަމަށާއި އެއީއަކީ އެއަށް ޢަމަލުކުރަން ފުރުވާ ފޯމުތަކެއް ނޫން ކަމަށެވެ. ކަންކުރީވެސް އެހެންނެވެ. އޭގެ ގިނަ ފޯމުތައް ލަމުންދިޔައީ ވަށަގަނޑަށެވެ. އެއިން ފޯމެއް އެމީހުން ނުވެސް ބަލައެވެ. މިހިރީ މިމީހުންގެ ތެދުވެރިކަމާއި އިންޞާފެވެ. ޢަދާލަތުގެ ޢަދުލުވެރިކަމެވެ. އީމާންތެރިކަމުގެ ފުރިހަމަކަމެވެ. މިހާރުވެސް އެމީހުން ޕާޓީގެ މެންބަރުންނަށް ދިނީ ހަމަ މިލަނޑެވެ.

2- ޢަދާލަތުން ރައްޔިތުންގެ ފަރާތުން އެބުނާ ސާރވޭއެއް ނުކުރާ ކަމުގެ ދެވަނަ ހެއްކަކީ އެމީހުން ފުޅާ ކޯލިޝަނުން ވަކިވިކަން އިޢުލާންކުރިތާ ދެވަނައަށްވީ ދުވަހު ޖުމްހޫރީ ޕާޓީއާ ގުޅިއްޖެކަމުގެ އިޢުލާން ކުރިކަމެވެ. އެހެން ކަމަށްވާނަ "ފުޅާ ސާރވޭ" އެއް ކޮށްގެން އޭގެ 83% ހޯދީ ކޮން ބައެއްގެ މެދުގައި ބޭއްވި ސާރވޭ އަކުންބާއެވެ. ރާއްޖެތެރެއަށް ފޮނުވީ އެއިން ކިތައް ފޯމުބާއެވެ! އަނެއްކާވެސް މިއީ ކުރީގައި ހެދިގޮތަށް، ޢިމްރާނާއި ޝަހީމާއި  މަޢުރޫފާއި މުޢިއްޒާއި އިލްޔާސާއި މިފަސް މީހުންގެ މެދުގައި ބޭއްވުނު ސާރވޭއަކުން ލިބުނު 83% ތޯއެވެ؟ ނުވަތަ "ކުން" ގެ ކާފާއި ނޫނާއި ދެމެދުހައި ހަލުއިކޮށް، މިފަދަކަންކަން ކުރުމުގެ ކުޅަދާނަ ކަން މާތް ﷲގެ ޙަޟުރަތުން މިމީހުންނަށް ލިބުނީ ބާއެވެ!

3- ތިންވަނަ ހެއްކަކީ، މިމީހުން ފުޅާ ކޯލިޝަންގައި ބައިވެރިވި އިރު، މެންބަރުންގެ ޚިޔާލު ހޯދުމެއްނެތި، އެފުޅާ ކޯލިޝަން މާފުޅާވެގެން އެކޯލިޝަނުން ވަކިވިއިރުވެސް މެންބަރުންގެ ޚިޔާލު ހޯދުމެއްނެތި، އަލުން ޖުމްހޫރީއާ ގުޅެންވުމުން، ނުވަތަ އެހެން ބަހުރުވައަކުން ދަންނަވާނަމަ ޤާސިމުގެ ތައްޕާހުން ތެމިގެން ތިބި ބަޔަކު، އޭނާއާ ގުޅެން މަޖްބޫރުވުމުން ދެން މެންބަރުންގެ ޚިޔާލުހޯދަންޖެހޭ ސަބަބަކީ ކޮބައިބާއެވެ؟

4- ހަތަރުވަނަ ހެއްކަކީ، ޑރ. ޙަސަންގެ ލާދީނީ މައްސަލައެެވެ. 2008 ގައި އެބުނާ ޚިޔާލު ހޯދި ސާރވޭގައި ޑރ. ޙަސަން ސަޢީދަކީ ދީނާ ޚިލާފު ކަންތައްތައް ކޮށްފައިވާ މީހެއް ކަމަށާއި، އޭނާ ލިޔެފައިވާ ފޮތުގައި އުއްމަތުގެ އިޖްމާޢާ (އެމީހުން ބުނާގޮތުން) ޚިލާފަށް މުރުތައްދުވާ މީހުން މަރަން ނުޖެހޭނެކަމަށް ލިޔެފައިވާ ކަމަށާއި، މިކަމާމެދު ޢަދާލަތުގެ މިބުނެވުނު މީހުން އަޑީގައި ތިބެގެން ސަލުފު ޖަމުޢިއްޔާގެ މީހުން ލައްވައި، ޙަސަނާ އިދިކޮޅަށް ފޮތެއް ލިއުއްވައި، ފޮތް ބަހާފައިއޮވެ، މިހާރު ޑރ. ޙަސަން މާމޮޅު އިސްލާންކަން ގަދަ ރަނިންމޭޓަކަށް ވާއިރު، މިއީ ހަމަ ސީދާ ރައްޔިތުން އޮޅުވާލުމަށް މަޢުރޫފުމެން ހިންގަމުންދާ ޔަހޫދީ ޖަރީމާއެއް ކަމާމެދު އަޅުގަނޑު ކުޑަވެސް ޝައްކެއް ނުކުރަމެވެ.

އަޅުގަނޑުގެ އިލްތިމާސަކީ ދީނޭ ކިޔައިގެން ދިވެހި ލޮބުވެތި ރައްޔިތުން އޮޅުވާލަން މިމީހުން ރާވަމުންދާ މަޅިތަކުގައި ރައްޔިތުން ނުޖެހުމަށެވެ. އަޅުގަނޑު މިދަނޑިވަޅުގައި މަތީގައި ބަޔާންވެދިޔަ ޢަދާލަތުގެ މީހުންނަށް އިލްތިމާސް ކުރަނީ ﷲ އަށް ބިރުވެތި ވުމަށެވެ. ދީނަށާއި ޤައުމަށް ތެދުވެރިވުމަށެވެ. ތިމާމެންނަކީ މިދުނިޔެ ދޫކޮށް ދާންޖެހޭނެ ބައެއްކަން ދަނެ، އާޚިރަތާމެދު ތިމާމެންގެ އީމާންކަން ވަރުގަދަ ކުރުމަށެވެ. މާތް ﷲ އަހަރެމެން އެންމެންނަށް ހިދާޔަތާއި ތައުފީޤު ދެއްވާށިއެވެ. އާމީން! وَمَا عَلَيْنَا إِلاَّ البَلاَغُ

19 ޖުލައި 2013

ޙުސައިން ރަޝީދު އަޙްމަދު
ތާރީޚް: : Thursday, May 23, 2013 [0] ކޮމެންޓްތައް ފާހަގަ:

އަފްރާޝީމް އަވަހާރަކޮށްލި ހާދިސާ ހުމާމްގެ ދުލުން

ލިޔުނީ: Unknown
ފެށުން
ރ.އުނގޫފާރު ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރު ޑރ. އަފްރާޝީމް އަލީ އަވަހާރަކޮށްލުގެ ވާހަކަތައް އެންމެ ފުރަތަމަ ދެކެވިފައިވަނީ މިދިޔަ އަހަރު ބޭއްވި ބައިބަލާ މުބާރާތުގައެވެ. އެގޮތުން އަފްރާޝީމް އަވަހާރަކޮށްލުމުގެ ހުށަހެޅުން ހުމާމަށް ހުށަހަޅާފައިވަނީ ސިފައިންގެ މީހެއްކަމަށްވާ އަޒްލީފް ރައޫފްކަމަށް މިއަދު ބޭއްވި ޝަރީއަތުގެ މަޖިލީހުގައި ހުމާމް ވަނީ ބުނެފައެވެ. އެގޮތުން އަޒްލީފުގެ ފަރާތުން “ސްޕައި” (އަސްލުނަމެއް ނޭގޭ. ނަމަވެސް ކުރިން 13 ކިލޯގެ މަސްތުވާތަކެތީގެ މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހެއް) ކިޔާމީހާކާ ބައްދަލުވި ކަމަށާއި، ފުރަތަމަ ހުށަހަޅާފައިވަނީ “ކަންތައްތަކެއް ކުރަން އެބަހުރި” ކަމަށެވެ. އަދި އެކަމަކީ ވަރަށް ސަޅި ކަމެއްކަމަށާއި، ހުމާމަށް އެކަމުން ފަހުން ފައިދާވާނެ ކަމަށް އަޒްލީފު ބުނެފައިވާކަމަށް ހުމާމް ވަނީ ބުނެފައެވެ.

އަފްރާޝީމް އަވަހާރަކޮށްލުމާއި ދެމެދު ހިނގި ކަންތައްތައް
ޑރ. އަފްރާޝީމް އަވަހާރަކޮށްލުމުގެ ވާހަކަތައް އަޒްލީފު ހުމާމު ގާތުގައި ދައްކާފައިވަނިކޮށް ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވީ މައްސަލައެއްގައި ހުމާމް ހައްޔަރުކުރެވުނެވެ. ފުލުހުންގެ ބެލުމުގެ ދަށުގައި ހުންނަން ޖެހުމުން، ހުމާމް ނިސްބަތްވާ ކުޑަހެންވޭރު ގުރޫޕާ އެކު މިދިޔަ އަހަރުގެ ބައިބަލާ މުބާރާތުގައި ހުމާމަށް ބައިވެރިނުވެވޭކަމަށް އޭނާ ވަނީ މިއަދުގެ ޝަރީއަތުގެ މަޖިލީހުގައި ބުނެފައެވެ. މިހެން އުޅެނިކޮށް އެއް ކިލޯގެ މަސްތުވާތަކެތީ ރާއްޖެއަށް އެތެރެކުރި ޕާކިސްތާނު މީހެއްގެ ގާތަށް ހުމާމު ފޮނުވި ކަމަށާއި، އެތަކެތި ވިއްކާލައިގެން ލިބޭ އެއްޗެއްގެ ދެބައިކުޅަ އެއްބައި ހުމާމަށް ލިބޭނެކަމަށް އަޒްލީފު ބުނެފައިވާކަމަށް ހުމާމް ވަނީ ބުނެފައެވެ. އެޔަށްފަހު ނ.ވެލިދުއަށް ގޮސް އެރަށު ކޮފީ ޝޮޕެއްގައި އިނދެ “ދެން އެންމެ އަވަހަށް މާލޭގައި ވަޅި ޖަހާނީ މަޖިލިސް މެންބަރެއްގެ ގަޔަށް” ކަމަށާއި “ޓީވީ ބަލަން ތިބޭށޭ” ބުނި ކަމަށް ހުމާމް ވަނީ ބުނެފައެވެ.

އަފްރާޝީމް އަވަހާރަކޮށްލުމުގެ 7 ދުވަސްކުރިން
ޑރ.އަފްރާޝިމް އަވަހާރަކޮށްލުމުގެ ވާހަކަތައް މިދިޔަ އަހަރުގެ ބައިބަލާ މުބާރާތުގެ ތެރެއިން ފެށުނު ނަމަވެސް މި “މިޝަން”ގެ ބޮޑު ވާހަކަ ދެކެވިފައިވަނީ އަފްރާޝިމް އަވަހާރަކޮށްލުމުގެ 7 ދުވަސްކުރިން ޖަލަޕީނޯ ރެސްޓޯރަންޓުގައި އަޒްލީފާއި، އަފްރާޝިމް އަވަހާރަކޮށްލުމަށް ފައިސާ ޚަރަދުރާ އަބްދުﷲ ޖާވިދު (ޖާ) އާއި އޭނާގެ ބޭބެ ޖަނާއާ ބައްދަލުވިކަމަށާއި، އަފްރާޝީމް މަރާލައިފި ނަމަ ހަތަރު މިލިއަން ރުފިޔާ “ހަމަ ހުވައޭ ލިބޭނޭ” އަޒްލީފް ބުނި ކަމަށާއި އެހެން މޭޒެއްގައި އިން ޖާގެ ބޭބެ “އާނ ލިބޭނޭ” ބުނި ކަމަށް ހުމާމް ބުންޏެވެ. މި ބައްދަލުވުމުގައި ހުމާމާއި އެކު އަފްރާޝިމް އަވަހާރަކޮށްލުމުގައި ބައިވެރިވާނީ ހ.ހިކޯސްޓް އަލީ ޝާން އާއި “ނަންގީ”ކަމަށް ހުމާމްކައިރީގައި ބުނިކަމަށް އޭނާ ބުންޏެވެ. “ނަންގީ” އަކީ އަފްރާޝިމް އަވަހާރަކޮށްލި މައްސަލާގައި ދޮގުހެކިދިން ކުޑަކުއްޖާއެވެ.

އަފްރާޝީމް އަވަހާރަކޮށްލަން ޖެހުނު ސަބަބު
ޑރ.އަފްރާޝީމް އަލީ އަވަހާރަކޮށްލަން ޖެހުނު ސަބަބެއްކަމަށް އެކަންތައް ރޭވި އަޒްލީފު ބުނެފައިވަނީ، ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން ބަދަލުވި ދުވަހު ޓީވީތަކުގައި އަފްރާޝީމް ދައްކަވާފައިވާ ވާހަކަތަކަކީ އޭނާ ދުއްވާލަންޖެހޭ ސަބަބެއް ކަމަށެވެ. މިހެން ބުނި ދުވަހު ހުމާމާއި އަޒްލީފާއި އެކު ހުރީ “ސްޕައި” ކަމަށް ހުމާމް ވަނީ ބުނެފައެވެ.

އަފްރާޝީމް އަވަހާރަކޮށްލެވުނު ދުވަސް
ޑރ.އަފްރާޝީމް އަލީ އަވަހާރަކޮށްލާފައިވަނީ މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ 1 ވަނަ ދުވަހުގެ ރޭގަނޑުއެވެ. އެދުވަހު އަފްރާޝީމް ދިރިއުޅޭ ހ. ފުންވިލުގެ ކައިރިޔަށް އެގެ ބެލުމަށް ގުރޫޕަކާ އެކު ދިޔަ ކަމަށް ހުމާމް ވަނީ މިއަދުގެ ޝަރީއަތުގެ މަޖިލީހުގައި ބުނެފައެވެ.
އެދުވަހު އެއްކޮށްކަހަލަ ގޮތަކަށް އުޅުނީ ރާބޮއެ “ބިޑި” ބުއިމުގައި ކަމަށް ހުމާމް ބުންޏެވެ. އެގޮތުން އެދުވަހު 4 ފުޅި ރާބުއި ކަމަށާއި އަދި ޑޯލްފިން ކެފޭ ތެރޭގައި “ބިޑި” ބުއި ކަމަށް ހުމާމް ވަނީ ޝަރީއަތުގެ މަޖިލީހުގައި ބުނެފައެވެ.
އަފްރާޝީމް އަވަހާރަކޮށްލަން ބޭނުންކުރާ ސާމާނު ހުރި “ނަންގީ”ގެ ގެޔަށް ޝާންއާ އެކު ދިއުމުން “ނަންގީ” ނިކުތީ ކަޅުކުލައިގެ ޑަސްބިން ކޮތަޅެއް ހިފައިގެން ކަމަށާއި ކެމެރާތަކަށް ނާރާ ގޮތަށް ދިޔައީ ހެންވޭރު ޕާކު ތެރެއިން ލާފައި، ސުނާމީ ބިނާއާ ދިމާލުގައި އޮންނަ ޕާކަށް ގޮސް ކޮތަޅު ބެލި އިރު އޭގައި ކަތިވަޅިއަކާއި ބެނެޓް ވަޅިއަކާއި ޓީޝާޓާއި އަންގި އާއި ޖީންސް ހުއްޓެވެ. އެތަނުގައި ތިބެ އެއްޗެހި ބަދަލުކުރުމަށް ފަހު އަމީނީ މަގުން ގޮސް އަފްރާޝީމްގެ ގޭގެ ދޮރުމަތީ މަޑުކޮށް އެގޭތެރެޔަށް ހުމާމު ވަނެވެ. ޝާން ހުރީ މަގުމަތީގައި ފާރަޔަށެވެ.

އަފްރާޝީމް ގެޔަށް ވަޑައިގަތުމުން ފާރަޔަށް ހުރި ޝާން އެވާހަކަ ބުނިތާ 10 ވަރަކަށް ސިކުންތު ތެރޭގައި ހ.ފުންވިލުގޭ ތެރެޔަށް އަފްރާޝީމް ވަދެވަޑައިގަތުމުން އަތުގައި އޮތް ކަތިވަޅި މަޅާލުމާ އެކު އަފްރާޝީމް ސިހިވަޑައިގެން ދިފާއުގައި އަތް ނެންގެވި ކަމަށާއި އެކަމަކު އަތުގައި ޖެހިފައި ގޮތް ކަނދުރާ މައްޗަށް ހަމަލާ އެރުމާ އެކު އަފްރާޝީމް ވެއްޓި ވަޑައިގެންތަން ފެނުނު ކަމަށް ހުމާމް ބުންޏެވެ. އެވަގުތި ޝާން ވެސް ވަދެ ވަޅިން ހަމަލާ ދިން ކަމަށާއި އަފްރާޝީމް ވެއްޓެއް ދަނިކޮށް ބޮލުގައި ކަތިވަޅިން ޖެހުމުން ބޮލުން ބައެއް ނެއްޓުނެވެ. އަފްރާޝީމް “މަރުވި ކަމެއް އޭރު ނޭނގޭ” ކަމަށް ވަނީ ބުނެފަ އެވެ. ދެން މަސައްކަތްކުރީ އަފްރާޝީމް ސިޑި މައްޗަށް އަރުވަން ކަމަށާއި އެކަން ނުވެގެން، ގޭ ދޮރުމަތީ ހުރި “ނަންގީ” އަށް ޝާން ގުޅުމުން އޭނާ ވަދެ އަފްރާޝީމް ވެއްދީ ސިޑި ދަށަށް ކަމަށް ބުންޏެވެ.
ހުމާމް ބުނި ގޮތުގައި އޭރު އަފްރާޝީމް ނޭވާ ނުލައްވާ ކަމަށާއި އެއްވެސް ހަރަކާތެއް ނެތްކަން އެނގުނު ނަމަވެސް “މަރުވި ކަމެއް ނޭނގެ” އެވެ. އަދި ހަމަލާ ދިން ވަގުތު ހުމާމް ހާސްވެފައި ހުރުމުން ކުރެވޭ ނުކުރެވޭ ކަމެއް ނޭނގޭ ކަމަށާއި ހަމަލާ ދިނުމަށް ފަހު ޝާންއާ އެކު ސައިކަލުގައި ގޮސް ޝަހީދު އަލީ މިސްކިތް ކައިރި އަށް ފައިބައިފައި، މިސްކިތު ފެން އިސްކުރުން އަތްފައި ދޮވެ ހެދި ކަމަށް ބުންޏެވެ. ހަމަލާ އަށް ފަހު ނިކުތް އިރު އަތާއި ޓީޝާޓާއި ޖީންސްގައި ވެސް ލޭ ހުރި ކަމަށް ބުންޏެވެ.

ހުމާމް މިސްކިތް ކައިރީ ބަހައްޓާފައި ޝާން ދިއުމުން ހުމާމް އާއި “ނަންގީ” ދެން ދިޔައީ ޕާކަށް ކަމަށާއި އެތަނަށް ގޮސް ކުރިން ލައިގެން ހުރި ހެދުމަށް ބަދަލުކުރީ އެވެ. ދެން ދިޔައީ އާޓިފިޝަލް ބީޗް ސަރަހައްދަށެވެ. އެތަނަށް ގޮސް ބްލޫ ބޭ ކެފޭ އިން ރަނގަޅަށް އަތް ދޮވެ، އެތާ ކައިރީ އޮންނަ ޓާފް ދަނޑު ތެރެއަށް ވަދެ އޮއްވައި އޭނާ އަށް “ނިދުނީ” އެވެ. އެހެން ހެދީ އަޒްލީފް ބުނެގެން ކަމަށާއި ހޭލެވުނީ އަޒީފް ގޮވުމުން ކަމަށް ހުމާމް ބުންޏެވެ.

ހުމާމް ހައްޔަރުކޮށްފައިވަނީ ޓާފް ދަނޑުން ނިކުމެގެން ގޮސް ސްޓޭޓް ބޭންކް އޮފް އިންޑިއާއާ ދިމާލުގައި ހުންނަ ޖޯލިފަތި ކައިރީ ހުއްޓައެވެ.

ޑރ. އަފްރާޝީމް އަވަހާރަކޮށްލުމުން ހުމާމަށް އެއްވެސް ފައިސާއެއް ލިބިފައިނުވާކަމަށް އޭނާ ބުނެއެވެ. އެހެން ނަމަވެސް ރޭވުންތައް ރޭވި އަޒްލީފަށް އެޑްވާންސްގެ ގޮތުގައި 1 މިލިޔަން ރުފިޔާ ލިބިފައިވާކަމަށް އަޒްލީފު ބުނެފައިވާކަމަށް ހުމާމް ބުނެއެވެ.

މިއަދުގެ ޝަރީއަތުގެ މަޖިލިސް
މިއަދު ބޭއްވުނު ޝަރީއަތުގެ މަޖިލީހުގައި ކުރިން މި ކަމަށް އިންކާރުކުރީ ކީއްވެތޯ ސުވާލުކުރުމުން ހުމާމް ބުނީ އެއީ އޭނާގެ އާއިލާއަކަށް ވެދާނެގޮތަކާ މެދު ވިސްނާފައިކަމަށެވެ. އެހެން ނަމަވެސް މިހާރު ބޭނުންވަނީ އަފްރާޝީމްގެ އާއިލާގެ މައާފަށް އެދި އެކަމަށް ތަޢުބާ ވުމަށްކަމަށް ހުމާމް ބުންޏެވެ. އަދި މިކަމުގައި އޭނާއަށް އެންމެ ލުއި ގޮތެއް ހަދައި ދުނިޔޭގައި ބަހައްޓައި ދިނުމަށް ހުމާމް ވަނީ ޝަރީއަތުގެ މަޖިލީހުގައި އެދިފައެވެ.

މަސްދަރު: ޓައިމްސް އެމްވީ
ލިޔުނީ: Unknown
ދ. ކުޑަހުވަދުއަށް އުފަން އެރަށު އަލިމަސްގޭ އަލްޤާރީ ސްޓާފްސަރޖަންޓް މުޙައްމަދު އަސްލަމް(ސނ. 2337) ޢުމުރުން ދިހަ އަހަރުގައި ކީރިތި ޤުރުއާނަށް ޝަޢުޤުވެރިކަންއުފެދިގެން އެ ރޮނގުން ކުރިއަށް ދިޔުމަށް މަސައްކަތްތަކެއް ކުރަންފެށިއެވެ. އެންމެ ފުރަތަމަ ބޭބެއެއްގެ ކައިރިން އެދުރުވަމުން ގޮސް ދައްތަގެ އެދުރުދައިތަ ކަމުގައިވެސް ކީރިތި ޤުރުއާން އުނގެނުމަށް މަސައްކަތް ކުރެއްވިއެވެ.މީގެއިތުރުން ސީޑީ ޖަހައިގެން ޤުރުއާން ކިޔަވަން ދަސްކުރެއްވުމުގެ އިތުރުން، ފަތިހު ތެދުވެގެން އޭރު ރޭޑިއޯ އިން ހެނދުނު ފޮނުވާ ކީރިތި ޤުރުއާން އަޑުއައްސަވައިގެންކުރެއްވި މިންނަތް މަސަައްކަތް އެއީ މީގެ 33 ވަރަކަށް އަހަރު ކުރިއެވެ.

''އޭރު ގާތްގަނޑަކަށް އަޅުގަނޑުގެ ޢުމުރުން ވާނީ ދިހަވަރަކަށް އަހަރު. އަލްޤާރީ ޔޫނުސް ވަޑައިގެން ރާއްޖޭގައި ފުރަތަމަ ހިންގި ޕްރޮގްރާމްގައި ބައިވެރި މީހެއް ބޭބެއަކީ. ބޭބެ ޗުއްޓީ ތެރޭގައި ރަށަށް ގޮސް އަޅުގަނޑުމެންނަށް ކިޔަވައިދިނީ. އޭރު ކިޔެވި ކިޔެވުމުގައި އުފެދުނު ޝަޢުގެއްމީ. އޭގެއިތުރުން އަޅުގަނޑުގެ ދައްތައަކީ އެދުރު ދައިތައެއް. އެހެންވީމަ ގޭތެރޭގައިވެސް އެބައި ވަރަށްބޮޑަށް އޮވޭ. ރަށުގެ ވަރަށް ގިނަ ކުދިން އައިސް ދައްތަ ކައިރިން ކިޔަވާނެ. އޭރުންސުރެ ފަށައިގެން ޝަޢުގު ހުންނަ ކަމަކަށްވެފައި މިއޮތީ''. އަލްޤާރީ ސްޓާފް ސާރޖަންޓް މުޙައްމަދު އަސްލަމް ކީރިތި ޤުރުއާން ކިޔަވާ ވިދާޅުވުމަށް ޝައުޤުވެރިކަން އުފެދުނު ގޮތް ހާމަކުރެއްވިއެވެ. އަސްލަމް އެންމެ ފުރަތަމަ ޤުރުއާން މުބާރާތެއްގައި ބައިވެރިވެލެއްވީ އޭނާގެ އުފަން ރަށް ކުޑަހުވަދޫގައި ދިރިއުޅުއްވި ދުވަސްވަރު މަޢުހަދުން 1984 ގައި މުޅި ރާއްޖެއަށް ހުޅުވާލައިގެން ބޭއްވި ޤައުމީ ޤުރުއާން މުބާރާތެއްގައެވެ.
ސިފައިންގެ ޚިދުމަތުން ފުރުޞަތު ލިބުނީވެސް ޤާރީ ކޯހެއް ފުރިހަމަ ކުރަައްވަމުން ދަނިކޮށެވެ. މުޙައްމަދު އަސްލަމްގެ ކާމިޔާބީތަކުގެ ތެރޭގައި 14 ޤުރުއާން މުބާރާތެއްގައި ބައިވެރިވެ އޭގެތެރެއިން 11 މުބާރާތަކުން ވަނަ ލިބިފައިވެއެވެ. 06 މުބާރާތަކުން އެއްވަނަ ލިބިފައިވާއިރު، 03 މުބާރާތަކުން 02 ވަނަ އަދި  02 މުބާރާތަކުން 03 ވަނަ ހޯއްދަވާފައިވެއެވެ. އަދި 2011 ވަނަ އަހަރު މެލޭޝިޔާގައި ބޭއްވި ދުނިޔޭގެ އެންމެ މޮޅަތި ޤާރީން ބައިވެރިވި ބައިނަލްއަޤްވާމީ ޤުރުއާން މުބާރާތަކުން ރާއްޖޭގެ ނިސްބަތުން ރަނގަޅު ކާމިޔާބީއެއް ހޯއްދަވާ ގަދަ ދިހައެއްގެ ތެރޭގައި ހިމެނިގެން ގޮސްފައިވެއެވެ.  

'' ސިފައިންގެއަށް ވަނުމުގެ ކުރިން ފުރަތަމަ ޤާރީ ކޯހަށް އަޅުގަނޑުވަނީ. ވަދެހުއްޓަ ބޮންޑުގެ ދަށުން ސިފައިންގެއަށް ވެއްދީމަ ހިތަށް އެރި މިހިސާބުން މިދިޔައިއްޔޭ ދެން ކަންތައް. ކެރިއަރ ނިމުނީއޭ. އެކަމަކު އެހެނެއްނޫން އިރާދަކުރެއްވިއްޔާ ކަންތައްވީ.'' އަސްލަމް ބުނުއްވިއެވެ.

އަސްލަމް ބުނުއްވާ ގޮތުގައި ސިފައިންގެ ޙަޔާތުގައި އެންމެ ފުރަތަމަ ޖަލްސާއެއްގައި އޭނާއަށް ޤުރުއާން ކިޔަވަން ފުރުޞަތު ލިބިގެންގޮސްފައިވަނީ 1995 ވަނައަހަރު ބޭއްވި ސިފައިންގެ އަހަރީ ދުވަސް ފާހަގަކުރުމަށް ބޭއްވި ޖަލްސާ ގައެވެ. އެރޭ އަސްލަމްގެ ކިޔެވުން ކަމުގޮސްގެން ގިނަ ބައެއްގެ ތަރުޙީބް ލިބިގެންދިޔައިރު، އޭރުގެ ސިފައިންގެ އެންމެމަތީވެރިޔާ އަދި ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމް، ވަނީ ތަޢުރީފްކުރައްވާ އަސްލަމަށް ހިތްވަރު ދެއްވާފައެވެ.

އަސްލަމުގެ މިހާރު އެންމެ ބޮޑު މަސައްކަތަކީ މި ރޮނގުން މާލޭގެ ސްކޫލްތަކުގެ ދަރިވަރުން މުބާރާތްތަކަށް ތައްޔާރުކޮށްދިނުމެވެ. އެގޮތުން އަސްލަމްގެ މޭސްތިރިކަމުގައި އެ ސްކޫލްތަކުން ރަންވަނަތަކެއް ދަނީ ހޯދަމުންނެވެ. އޭގެތެރޭގައި އިސްކަންދަރު ސްކޫލް، ޖަމާލުއްދީން، ސްކޫލް އަމީނިއްޔާ ސްކޫލް އަދި ތާޖުއްދީން ސްކޫލް ހިމެނެއެވެ. މި ސްކޫލްތަކުގެ ތެރެއިން އަސްލަމް ޕްރެކްޓިސް ކޮށްދިން ހުރިހާ ސްކޫލެއް ރަން ވަނަތައް ޙާސިލް ކުރަމުންދާކަން މިއީ ފާހަގަކުރެވޭ ވަރުގެ ކަންތައްތަކެވެ.

ހއ. ހޯރަފުށީގައި އެމްއެންޑީއެފް އިން ހިންގި ތަޖްވީދު މަގަށް ކީރިތި ޤުރުއާން ކިޔަވަން ދަސްކޮށްދިނުމުގެ ޕްރޮގްރާމްގައި ކްލާސްތަކެއްގެ ދަރިވަރުންނަށް ޤުރުއާން އުނގަންނައިދޭން އަސްލަމް ކުރެއްވި މަސައްކަތަކީ މުޅިން އާ ތަޖްރިބާއެއް ލިބިގެންދިޔަ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމްގެ ދަށުން، ހއ. އަތޮޅު ޤުރުއާން މުބާރާތަށް 15 ދަރިވަރުންގެ މައްޗަށް އެކުލެވޭ ޓީމެއް ތައްޔާރުކޮށް، މި މުބާރާތުގައި 13 ދަރިވަރަކު ކާމިޔާބީ ހޯދާފައިވާއިރު، ހއ. އަތޮޅު ޤުރުއާން ކިޔެވުމުގެ މުޅި މުބާރާތުން ހޯރަފުއްޓަށް އެއްވަނަ ހޯއްދަވައިދެއްވިއެވެ.

ސީޑީ އަޑުއައްސަވައިގެންނާއި ރޭޑިއޯއިން އޭރު ފަތިހު އަންނަ ކީރިތި ޤުރުއާން އަޑުއައްސަވައިގެން ކުރައްވަމުންދިޔަ މިންނަތް މަސައްކަތުގެ ފޮނިމޭވާ މިއަދު ޙާޞިލްވެއްޖެއެވެ. ޤާރީ ކޯހުން ފެށިގެން ޑިޕްލޮމާ އަށްފަހު، މިހާރު އަލްޤާރީ މުޙައްމަދު އަސްލަމަކީ ރީތިކޮށް ތަޖުވީދުމަގަށް ކީރިތި ޤުރުއާން ކިޔުއްވަމުން އަންނަ ކީރިތި ޤުރުއާނުން ޑީގްރީ ނަންގަވައިގެން ހުންނެވި ރާއްޖޭގައި ތިއްބެވި މޮޅު ޤާރީންގެ ތެރޭގައި ހިމެނިލައްވާ އެއް ޤާރީއެއްކަމާމެދަކު ޝައްކެތް ނެތެވެ.

އަލްޤާރީ މުޙައްމަދު އަސްލަމްގެ މިހުރިހާ މަސައްކަތެއްގެ ފަހަތުގައި އޭނާއަށް ހިތްވަރު ދޭން ވަރަށް ގިނަ ބަޔަކު އެބަތިއްބެވެ. އެ ލިސްޓް ދިގު ނަމަވެސް ފާހަގަކޮށްލެވޭ ފަރާތްތަކެއް ކިޔުންތެރިންނާއި ހަމައަށް ގެނެސްދިނުމަށް އަސްލަމް ބޭނުންވެލައްވައެވެ. މިގޮތުން ލިސްޓްގެ އެއްވަނައަށް އަންނަ ފަރާތަކީ ސިފައިންގެ ލީޑަރ ޝިޕެވެ. ކުރީގެ ޗީފް އޮފް ސްޓާފް މޭޖަރ ޖެނެރަލް މުޙައްމަދު ޒާހިރާއި މިނިސްޓަރ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީ ކާނަލް (ރިޓަޔަޑް) މުޙައްމަދު ނާޒިމް ހިމެނިވަޑައިގަންނަވާއިރު، މިހާރުގެ ޗީފް އޮފް ޑިފެންސް ފޯސް، މޭޖަރ ޖެނެރަލް އަޙުމަދު ޝިޔާމްގެ ނަންފުޅު ފާހަގަކުރެއްވިއެވެ. އަދި އެ ހުރިހާ ކާމިޔާބެއްގެ ސިއްރަކީ އާއިލާގެ ފަރާތުންނާއި އަނބިކަނބަލުންގެ ފަރާތުން ލިބިލައްވާ އެހީތެރިކަން ކަމަށް އަސްލަމް ބުނުއްވައެވެ.

ހަފްތާ އައްޑަނަ ޓީމުން އެދެނީ އަލްޤާރީ ސްޓާފް ސާރޖަންޓް މުޙައްމަދު އަސްލަމަށް މި ރޮނގުން އިތުރަށް ކުރިއަށް ދިޔުމުގެ ހެޔޮ ނަޞީބު މިންވަރު ކުރެއްވުމެވެ.  

މަސްދަރު: އައްޑަނަ
ތާރީޚް: : Tuesday, May 7, 2013 [0] ކޮމެންޓްތައް ފާހަގަ: ,

ލ. އަތޮޅު ތަޢުލީމީ މަރުކަޒުގެ ތަރައްޤީގެ ދުވެލި

ލިޔުނީ: Unknown
ލ. އަތޮޅު ތަޢުލީމީ މަރުކަޒަށް 30 އަހަރު ފުރުމުގެ މުނާސަބާ މިއަދު (7 މެއި 2013 ގައި) ފާހަގަ ކުރަމުން އަންނަ އިރު ތަނަށްވަނީ ގިނަގުނަ ތަރައްޤީއާއި ކުރިއެރުން ލިބިފައެވެ. އެގޮތުން މިދިޔަ އަހަރާއި މި އަހަރުވެފައިވަނީ ތަނަށް ވަޞީލަތްތައް އިތުރުވަމުން އަންނަ އަހަރަކަށެވެ. މި ލިޔުމުގައި މި ބަލައިލަނީ މަރުކަޒުގެ ތަރައްޤީގެ ދުވެލީގެ މައްޗަށެވެ.

ލ. އަތޮޅު ތަޢުލީމީ މަރުކަޒަކީ ކޮމިއުނިޓީ ސްކޫލް އިމާރާތް ކުރުމުގެ މަޝްރޫޢުގެ ދަށުން ލ. ފޮނަދޫގައި އިމާރާތްކޮށްފައިވާ ސްކޫލެކެވެ. ސްކޫލްގެ ބިންގާ އަޅާފައިވަނީ 1980 ވަނަ އަހަރު އޮކްޓޯބަރ މަހުގެ 20 ވަނަ ދުވަހުއެވެ. ހިޖްރީ ސަނަތުން 1400 ވަނަ އަހަރު ޛުލްޙިއްޖާ މަހުގެ 11 ވަނައަށްވީ ހޯމަދު ދުވަހުއެވެ. ބިންގާ އަޅުއްވައިދެއްވީ އޭރު ހައްދުންމަތީގެ އަތޮޅުވެރިއަކަށް ހުންނެވި އަލްފާޟިލް އިސްމާޢީލް މުޙައްމަދު (ޖަންބު ދޮން އިސްމާޢީލް) އެވެ.

ސްކޫލް އިމާރާތްކުރުމުގެ މަސައްކަތް ފެށުމަށްފަހު ދިމާވި ދަތިތަކެއްގެ ސަބަބުން އިމާރާތްކުރުމުގެ މަސައްކަތް ކުރިއަށް ނުގޮސް ދުވަސްތަކަކަށް މަޑުޖެހޭގޮތްވިއެވެ. މިކަމުގެ ހައްލެއް ހޯއްދެވުމުގެ ގޮތުން މިނިސްޓްރީ އޮފް އެޑިއުކޭޝަންގެ ފަރާތުން ދިވެހިރާއްޖޭގެ ތަޢުލީމު ކުރިއަރުވާ މަރުކަޒުގެ ޑިރެކްޓަރ އަލްއުސްތާޛް މުޙައްމަދު އިބްރާހިމް ލުޠުފީ ފޮނުއްވިއެވެ. ލުޠުފީ ފޮނަދުއަށް ދުރުވެ ވެރިންގެ މަޝްވަރާއާއި އެކު ފޮނަދޫގައި ތިބި އިމާރާތްކުރުމުގެ މަސައްކަތްކުރާ މީހުންނާ ވާހަކަދައްކާ ކަން އޮތްގޮތް އޮޅުންފިލުވައިދެއްވާ މަސައްކަތް ކުރިއަށް ގެންދެވޭނެ ގޮތެއް ހަމަޖެއްސެވިއެވެ.

ސްކޫލް އިމާރާތްކޮށް ނިމި 1983 ވަނަ އަހަރު މޭމަހުގެ 7 ވަނަ ދުވަހު ސްކޫލް ހުޅުވައިދެއްވީ އޭރުގެ ތަޢުލީމީ ވަޒީރު އޮނަރަބަލް އަލްއުސްތާޛް މުޙައްމަދު ޒާހިރު ޙުސައިންއެވެ. ލ. އަތޮޅު ތަޢުލީމީ މަރުކަޒު ހުޅުވުނު އިރު ކިޔަވާކުދިންގެ ގޮތުގައި ޖުމުލަ ތިބީ 278 ދަރިވަރުންނެވެ. އޭގެތެރެއިން 79 ދަރިވަރުންނަކީ ލ. އަތޮޅު ފޮނަދޫ ފިޔަވައި އެހެން ރަށްރަށަށް ނިސްބަތްވާ ދަރިވަރުންނެވެ. މަރުކަޒު ހުޅުވި ކިޔަވައިދޭން ފެށުނުއިރު ކިޔވައިދިނުމުގެ މަސައްކަތާއި އިދާރީ މަސައްކަތް ކުރެއްވުމަށް ތިއްބެވީ އެންމެ 6 ބޭފުޅުންނެވެ. މި ހަ ބޭފުޅުންގެ ތެރެއިން ވެރިއެއްގެ ގޮތުގައި ހުންނެވީ މިހާރު މާވަސު ދާއިރާގެ ރައްޔިތުން މަޖިލީހުގެ ގޮނޑީގައި އިންނެވި ލ. މާވަށު ދުންފިނިގޭ ޢަބްދުލް ޢަޒީޒް ޖަމާލު އަބޫބަކުރެވެ.

ފުރަތަމަ ކިޔަވައިދޭން ފެށުނު އިރު ރަސްމީ ކުލާސްތައް ހަމަޖައްސާފައިވަނީ ގްރޭޑް 3 އާއި ހަމައަށެވެ. ރަސްމީކޮށް ތާވަލް ކުރެވިގެން އޭރު ކިޔަވައިދެނީ ދިވެހި، އިސްލާމް، އިނގިރޭސި، ހިސާބު އަދި ތިމާވެށި މި ފަސް މާއްދާއެވެ. މީގެ އިތުރުން އަމަލީ ފަންނުތަކާއި ހަށިގަނޑުގެ ތަރުބިއްޔަތުވެސް އޮވެއެވެ. މި ދެންނެވިގޮތަށް ކިޔަވައިދިނުމުގެ ކަންތައްތައް ކުރިއަށް ދިޔައިރު ރަސްމީ ތަޢުލީމުގެ އެންމެ މަތީ ކުންނަކީ ފަށާ ތަޢުލީމުގެ އޭރުގެ މިންގަނޑު ކަމަށްވާ ގްރޭޑް 5 އާއި ހަމައަށެވެ.

ލ. އަތޮޅު ތަޢުލީމީ މަރުކަޒުގައި ގްރޭޑް 7 އާއި ހަމައަށް ކިޔަވައިދޭން ފެށުނީ 1989 ވަނަ އަހަރުއެވެ. އަދި 1995 ވަނަ އަހަރު ޕްރީ އަށެއްގައި ކިޔެވި ދަރިވަރުންނާއި އޭރު ގްރޭޑް 7 ގެ ދަރިވަރުންނާއި އެކު ދެވުނު އެންޓްރޭންސް ޓެސްޓުން ގްރޭޑް 8 އުފެއްދޭވަރަށް ދަރިވަރުން ފާސްވެ. 1996 ވަނަ އަހަރު ލ. އަތޮޅު ތަޢުލީމީ މަރުކަޒުގައި ގްރޭޑް 8 އުފެއްދުމުގެ ހުއްދަ މިނިސްޓްރީ އޮފް އެޑިއުކޭޝަނުން ދެއްވުން ވެގެންދިޔައީ ހައްދުންމަތި މިއަދު މިދެކޭ ތަރައްޤީއާއި ތަހްޒީބުގެ ބިންގާ ކަމުގައެވެ.

1996 ވަނަ އަހަރު ފެށިގެން ދިޔަ ޘާނަވީ ކުލާހުގެ ދަރިވަރުން ޘާނަވީ މަރުޙަލާގެ ކިޔެވުން ނިންމައި ޖީސީއީ އޯލެވެލް އިމްތިހާނާއި އެސްއެސްސީ އިމްތިހާނުގައި ފުރަތަމަ ފަހަރަށް އިށީންނީ 1998 ވަނަ އަހަރުއެވެ. އެއީ މި ދެ އިމްތިހާނު ލ. އަތޮޅުގައިވެސް ފުރަތަމަ ފަހަރަށް ބޭއްވުނު ފަހަރުކަން ފާހަގަ ކޮށްލަން ޖެހެއެވެ.

ޘާނަވީ ފެންވަރަށް ކިޔަވައިދިނުން ކުރިއަށްގޮސް އެ ހިސާބުން ކިޔެވުން ނިންމާލެވެން ނެތްކަމުގެ ޚިޔާލު އުފެދި މަރުކަޒުގެ ބެލެނިވެރިންނާއި ފޮނަދޫގައި ހުރި ސަރުކާރުގެ މުއައްސަސާތަކާއި އެކިއެކި އަމިއްލަ ފަރުދުންގެ މަސައްކަތުން 2004 ވަނަ އަހަރު ޖޫންމަހުގެ 25 ވަނަ ދުވަހު މަރުކަޒުގައި މަތީ ޘާނަވީ ކުލާސް އުފައްދައި ބިޒްނަސް ސްޓްރީމް ކިޔަވައިދޭން ފެށިއެވެ. ދަތިތަކަކާއި އެކު މަތީ ޘާނަވީ ނިންމައި އިމްތިޙާނުގައި ބައިވެރިވި ދަރިވަރުން ހޯދި ނަތީޖާތަކަކީ ހިތްހަމަޖެހޭފަދަ ރަނގަޅު ނަތީޖާތަކެއްކަން ފާހަގަ ކޮށްލެވެއެވެ.

1983 ވަނަ އަހަރު ލ. އަތޮޅު ތަޢުލީމީ މަރުކަޒު ހުޅުވުނު އިރު ތަނުގައި ހުރީ މައިގަނޑު 3 އިމާރާތެވެ. އެއީ ހަތަރު ކުލާސް ކޮޓަރީގެ ޖާގަ އޮންނަ ވަރުގެ މާލަމަކާއި (ކުރީގެ ޖަލްސާކުރާ ހޯލާއި) ވަކިންހުރި އެއް ކުލާސްކޮޓަރިއާއި އިޖްތިމާޢީ ތަޢުލީމުދޭ ކުލާސް ކޮޓަރި ހިމެނޭ ބަޔަކާއި ހެޑްމާސްޓަރު ހުންނަވާ ގެއާއި އޮފީސް އިމާރާތް ހިމެނޭ ބައެކެވެ. މީގެ އިތުރުން ވަކިން ހަދާފައިވާ ކުޑަ ފާޚާނާ ބަރިއެއްވެސް ހުއްޓެވެ. ކުރިން މި ދެންނެވި އިމާރާތްތަކުގެ އިތުރުން މަރުކަޒުގައި 1994 ވަނަ އަހަރު 4 ކުލާސް ކޮޓަރި ހިމެނޭ އިމާރާތަކާއި ފާޚާނާ ބައރިއަކާއި (މިހާރު ބޭނުންކުރަމުން އަންނަ ފާޚާނާ ބަރި) ގުދަނެއް ހިމެނޭ އިމާރާތެއް އަޅާފައި ވެއެވެ. މި ދެންނެވި ހަތަރު ކުލާސް ކޮޓަރި ފިޔަވައި އެއްވެސް އިމާރާތެއް އޭރު ފަންގިފިލާ ކުރެވިފައެއް ނުވެއެވެ.

ލ. އަތޮޅު ތަޢުލީމީ މަރުކަޒަށް ކަރަންޓްގެ ޚިދުމަތް ލިބިފައިވަނީ 1988 ވަނަ އަހަރު ފޮނަދޫ އަމިއްލަ ފަރާތަކުން ހިންގަމުން ގެންދިޔަ ޖަނަރޭޓަރަކުންނެވެ. އެއީ ކުރިން ފޮނަދޫގައި ވެރިކަން ކުރެއްވި ބޭފުޅެއް ކަމަށްވާ ރާމިޒްގެ ގެއެއް ކަމަށްވާ މަޅަނބުގޭގައި ހުރި ޖަނަރޭޓަރަކުންކަން އަދުގެ ޖީލުތަކުގެ މަޢުލޫމާތަށްޓަކައި ބަޔާންކުރުން މުހިންމުކަމަށް ފެންނާތީ މި ނުކުތާ ފާހަގަ ކޮށްލަމެވެ.

ބެލެނިވެރިން އިސްނަންގަވައިގެން ސައިންސް ލެބޯރެޓަރީއެއް ޤާއިމުކުރުމުގެ މަސައްކަތް ފަށައި 2002 ވަނަ އަހަރުގެ މޭމަހުގެ 1 ވަނަ ދުވަހު ވަނީ ހުޅުވާފައެވެ. މިތަނުގައި ބޭނުންކުރާނޭ ބައެއް އާލާތާއި ކެމިކަލް ފޮނަދޫގެ އަމިއްލަ ފަރާތެއްކަމަށްވާ އެލްޕާސޯ މުޙައްމަދުފުޅު ހަދިޔާކޮށްފައި ވާކަމީ ފާހަގަ ކޮށްލަންޖެހޭ ކަމެކެވެ. ސައިންސް ލެބޯރެޓަރީ ހުޅުވުމުގެ ރަސްމިއްޔާތުގައި އޭރު ތަޢުލީމާބެހޭ ވަޒީރު ދެއްކެވި ވާހަކަފުޅުގައި ކޮމްޕިއުޓަރ ލެބެއް ޤާއިމުކުރުމަށްޓަކައި އިމާރާތެއް ބެލެނިވެރިން ތައްޔާރުކޮށްފިނަމަ އެ ވުޒާރާގެ ފަރާތުން 15 ކޮމްޕިއުޓަރު ސިސްޓަމް ދެއްވާނެކަމަށް ވިދާޅުވިއެވެ. އެހިނދު ލިބިގެންދިޔަ ރަނުގެ ފުރުޞަތުގެ ބޭނުން ބެލެނިވެރިން ހިއްޕަވާ 2002 ވަނަ އަހަރު ނޮވެމްބަރ މަހުގެ 1 ވަނަ ދުވަހުގެރޭ ކޮމްޕިއުޓަރ ލެބެއް ހުޅުވޭވަރު ހެދިއެވެ.

1983 ވަނަ އަހަރު ލ. އަތޮޅު ތަޢުލީމީ މަރުކަޒު ހުޅުވި ކިޔަވައިދޭން ފެށުނުއިރު އުނގަންނައިދިނުމުގެ އެހީގެ ގޮތުގައި ބޭނުންކުރާނޭ އެއްވެސް ވަޞީލަތެއް ނުހުރެއެވެ. އޭރުގެ މުދައްރިސުން ކިޔަވައިދެއްވީ އެ މުދައްރިސަކު ކިޔަވައިދޭ މާއްދާއަށް މުޤައްރަރުގައި ހިމެނިފައިވާ ފެންވަރަށް ބަލައިގެން އަމިއްލައަށް ބައިތައް ކަނޑައަޅައިގެންނެވެ. އެހީގެ ގޮތުގައި ބޭނުންކުރުމަށް އޭރު ހަމައެކަނި ހުރީ ޔުނިޓް ފޮތްތަކެއްގެ ނަން ދެވިފައިވާ އިނގިރޭސި ފޮތްތަކަކާއި ދިވެހި ފޮތެކެވެ. އެހެން މާއްދާތަކަށް ތައްޔާރުވަނީ އެ މުދައްރިސަކަށް ލިބިފައިވާ މަޢުލޫމާތަށް ބަލައިގެން އޭގެ އެހީގައެވެ.

1986 ވަނަ އަހަރު ފުރަތަމަ ފަހަރަށް މަރުކަޒަށް ޗާޕް މެޝިނެއް ލިބުނެވެ. އެއީ އަތުން އަނބުރައިގެން ޗާޕްކުރާ މެޝިނެކެވެ. 1999 ވަނަ އަހަރުވެގެންދިޔައީ ލ. އަތޮޅު ތަޢުލީމީ މަރުކަޒުގެ ވަޞީލަތްތަކަށް ބޮޑު ކުރިއެރުމެއް ލިބިގެންދިޔަ އަހަރަކަށެވެ. މަރުކަޒަށް ފުރަތަމަ ކޮމްޕިއުޓަރެއް ލިބުނީ އެ އަހަރުއެވެ. މިކަމުގެ ސަބަބުން ކިޔަވައިދިނުމުގެ އެހީ ތައްޔާރުކުރުމާއި ޓެސްޓް ޕޭޕަރު ތައްޔާރުކުރުމުގެ މަސައްކަތަށް ވަރަށްބޮޑު ހަލުވިކަމަކާއި ފަސޭހަކަމެއް ލިބިގެން ދިޔައެވެ. ފުރަތަމަ ފޮޓޯކޮޕީ މެޝިނެއް ލިބުނީ 2000 ވަނަ އަހަރުގެ ތެރޭގައެވެ. ހަމަ އެ އަހަރު އިތުރު ކޮމްޕިއުޓަރ ސިސްޓަމެއްވެސް ލިބިގެން ދިޔައެވެ. އެއީ ރާއްޖޭގެ ކިޔަވާކުދިން ސްކޫލް ނިންމާއިރު ކޮމްޕިއުޓަރުގެ އަސާސީ މިންވަރު އުނގަންނަވައިދެއްވުމަށް ސަރުކާރުން އެކުލަވާލެއްވި މަޝްރޫޢުގެ ދަށުން ލިބުނު ކޮމްޕިއުޓަރ ސިސްޓަމެކެވެ. އޭގެފަހުން މިހާތަނަށް އައިއިރު ވަޞީލަތްތައް މިއަދު މިވަނީ ވަރަށްބޮޑަށް ތަރައްޤީވެފައެވެ.

ލ. އަތޮޅު ތަޢުލީމީ މަރުކަޒުގައި ފުރަތަމަ ފަހަރަށް ކިޔަވާކުދިންގެ ޖަމިއްޔައެއް އުފެދުނީ 1988 ވަނަ އަހަރުގައެވެ. ސްކޫލްގައި ފުނަ، ކާނި، މަދޮށި އަދި ހެލަނބެލީގެ ނަމުގައި ހަތަރު ހައުސް އުފެއްދިއެވެ. އަދި ފަހުން ހެލަނބެލި ހައުސްގެ ނަންވަނީ ކުރެދި ހައުސްއަށް ބަދަލުކޮށްފައެވެ. ހައުސްތަކުގެ މެދުގައި ފުރަތަމަ ފުޓްބޯޅަ މުބާރާތް ބާއްވާފައި ވަނީވެސް 1988 ވަނަ އަހަރުގައެވެ. އޭގެ ދެއަހަރުފަހުން އަންހެންކުދިންނަށް ބަށި މުބާރާތް އަދި ފިރިހެންކުދިންނަށް ފުޓްބޯޅައާއި ވޮލީ މުބާރާތް ބާއްވަމުން ދިޔައެވެ. މިގޮތުގައި ކުރިއަށްގޮސް 1993 ގައި ފުރަތަމަ ނެޓްބޯޅަ މުބާރާތް ބޭއްވުނެވެ. އަދި 2000 ވަނަ އަހަރުން ފެށިގެން ބަށި މުބާރާތް ބޭއްވުން ހުއްޓާލާ އަންހެންކުދިންނަށް ވޮލީ އާއި ނެޓްބޯޅަ އަދި ފިރިހެން ކުދިންނަށް ވޮލީ އާއި ފުޓްބޯޅަ މުބާރާތްތައް ބާއްވަމުން ދިޔައެވެ.

1988 ވަނަ އަހަރު ހައުސް ޙަރަކާތްތަކުގެ އިތުރުން މަރުކަޒުގައި ސްކައުޓް ޙަރަކާތް ފެށިއެވެ. އޭރު ސްކައުޓް ލީޑަރަކަށް ހުންނެވި މިދިޔަ 2012 ވަނަ އަހަރުންފެށިގެން ސްކޫލްގެ ޕްރިންސިޕަލްގެ މަޤާމު ހުންނެވި ޢަބްދުﷲ ނަސީހް އެވެ. 2001 ވަނަ އަހަރު ޓެނިސް އެސޯސިއޭޝަންގެ ފަރާތުން ރާއްޖޭގެ ރަށްރަށުގައި ޓެނިސް ތަޢާރަފް ކުރުމަށް ހިންގެވި ޕްރޮގްރާމްގެދަށުން ފޮނުއްވެވި ކޯޗެއްގެ އެހީގައި ދައިވަރުންނަށް ޓެނިސް ކުޅޭން ދަސްކޮށްދޭން ފެށުނެވެ. 1994 ގައި ފެށުނު ކެޑޭޓް ޙަރަކާތް ކުރިއަށްގޮސް 100 ކެޑޭޓުންނާއި އެކު 1999 ގައި ކެޑޭޓުން ހުޥާކުރުމުގެ ފުރަތަމަ ރަސްމިއްޔާތު ބޭއްވިފައި ވެއެވެ. އަދި 2009 ވަނަ އަހަރު ސްކޫލްގައި ބޭންޑް އުފެދުނެވެ.

ލ. އަތޮޅު ތައުލީމީ މަރުކަޒުގެ ޙަޔާތުން 30 އަހަރު ވޭތުވިއިރު ތަން ހިންގެވުމަށް 27 ޕްރިންސިޕަލުން ޙަރަކާތްތެރި ވެފައިވެއެވެ.

ނޯޓް: މިއީ ލ. އަތޮޅު ތަޢުލީމީ މަރުކަޒަށް 25 އަހަރު ފުރުމުގެ މުނާސަބަތުގައި ޑޮކިއުމެންޓްރީއެއް ތައްޔަރުކުރުމަށް އޭރު މަރުކަޒުގެ މުދައްރިސެއްގެ ގޮތުގައި ޙަރަކަތްތެރިވެލެއްވި މިވަގުތު އަތޮޅު ކައުންސިލް މެންބަރެއްގެ ގޮތުގައި ހުންނެވި އިބްރާހިމް އަނީސާއި ސްކޫލްގެ ދޭސީ މުދައްރިސުން ލިޔެ ތައްޔާރުކޮށްފައިވާ ދިގު ރިޕޯޓަށް އަޙްމަދު ރަޝީދު ލިޔެވެފައިވާ ލިޔުމެކެވެ.
ލިޔުނީ: Unknown
މާވަށު ކައުންސިލަރުން
ކައުންސިލް އިންތިޚާބު ވުމަށް ފަހު މާވަށު ރައްޔިތުންގެ ފައިސާގެ ގޮތުގައި ހުރި ދެމިލިޔަނެއްހައި ރުފިޔާ ކައުންސިލަށް ލިބިފައިހުރެމެ ރައްޔިތުންނަށް ކަމެއް ކޮށްދެވިފައި ނުވާކަމީ ކައުންސިލަރެއްގެ ހައިސިއްޔަތުން ލަދުގަންނަން ޖެހޭ ކަމެއް ކަމަށް ނަން ހާމަކުރުމަށް ނޭދޭ މާވަށު ކައުންސިލް މެންބަރެއް ބުނެފިއެވެ.

މާވަށު ބައެއް ރައްޔިތުން ކައުންސިލްގެ މަސައްކަތާއި މެދު ސުވާލު އުފައްދައި ސޯޝަލް މީޑިއާ ތަކާއި ހޮޅުއަށި ތަކުގައި ފާޑުކިޔަމުން ދާ ދިއުމާއި މެދު މާވަށު ކައުންސިލަރެއްގެ ހައިސިއްޔަތުން އެކަމާއި މެދު ދެކިލައްވާ ގޮތް ހާމަކުރައްވަމުން އެ ކައުންސިލް މެންބަރު ވިދާޅުވީ ކައުންސިލުން ރަށާއި ރައްޔިތުންނަށް ކަންތައްތައް ކޮށްދިނުމުގައި ބަލަންޖެހޭނީ ސަރުކާރުން ދެއްވާ އެއްޗަކަށް ނޫން ކަމަށެވެ.

"އަޅުގަނޑުމެން ބުނަމުން މިދަނީ މީ ރައްޔިތުން އަޅުގަނޑުމެންނާއި ހަވާލުކުރި އިރުގަ (ކައުންސިލަރުކަން) ރައްޔިތުން އަތުގަ ހުރި ގާތްގަނޑަކަށް ދެމިލިޔަނެއްހާ ރުފިޔާ. އެ ފައިސާ ހުރެ ކައުންސިލުން ރައްޔިތުނަށްޓަކައި ކަންތައް ތަކެއް ނުކޮށްދެވުން އެއީ ކައުންސިލަރެއްގެ ހައިސިއްޔަތުން ލަދުގަންނަން ޖެހޭ ކަމެއް." ކައުންސިލް މެންބަރު ވިދާޅުވިއެވެ.

މާވަށު ބައެއް ރައްޔިތުން ތުހުމަތު ކުރާގޮތުން ކައުންސިލް އިންތިޚާބް ވެގެން އައިއިރު ރާއްޖޭގައި އޮތީ ކައުންސިލުން ޤަބޫލު ނުކުރާ ނުވަތަ ކައުންސިލް މެންބަރުން ނުރުހޭ ސަރުކާރެއްކަމުން ޤަސްދުގައި އެ ސަރުކާރު (އެމްޑީޕީގެ ސަރުކާރު) ބަދުނާމު ކުރުމަށް ރަށުގެ ތަރައްޤީ އާއި ރައްޔިތުންނަށް ކަމެއް ކޮށްނުދީ ތިބީ ކަމަށެވެ.

"2010 އަދި 2011 ނިމިގެން ދިޔައިރުވެސް ރަށަށް އެއްވެސް ކުރިއެރުމެއް ހޯދާކަށް ކައުންސިލުން ހިތަށްވެސް ނާރުވާ. 2012 ފެބްރުއަރީގައި ނަޝީދު ވެރިކަމާ ދުރުވެ ވަހީދު އެރި ހިސާބުން ފެށިގެން މާގިނަ ދުވަހެއް ނުވެ ކަމާ ކަންފަށާ ރައްޔިތުންގެ ބަޖެޓުން ރަށުގެ އެއްވެސް ރައްޔިތަކަށް އަންގާލުމެއް ނެތި އެ ފައިސާ ޚަރަދުކޮށްގެން ވަނީ ޕްރީ ސްކޫލެއް އަޅާފަ." މާވަށު ކައުންސިލުން ޤަސްދުގައި ރަށު ތަރައްޤީއަށް އޭރު ކަމެއް ކޮށްނުދީ ތިބިކަމަށް ބުނެ ތުހުމަތުކުރާ އެ ރަށު ޒުވާނަކު ބުނެފައިވަނީ މިހެންނެވެ. މިކަމާ މެދު މާވަށުން ކައުންސިލުން އެލްއޭ ނިއުސްއާއި ވާހަކަދެއްކެވި ކައުންސިލަރު ވިދާޅުވީ ރައްޔިތުން ކައިރީގައި ސީދާގޮތެއްގައި އެ ފައިސާ ޚަރަދުކުރަން އަހާފައި ނުވާކަމަށެވެ.

"ރައްޔިތުން ކައިިރީގަ ސީދާ ގޮތެއްގަ ނުވެއް އަހާ މީގަ ރައްޔިތުންގެ ފައިސާއިންނޭ ޕްރީ ސްކޫލް ހަދަނީ. ރައްޔިތުންގެ ޕްރީ ސްކޫލް ހަދާ ވާހަކަ ރައްޔިތުންނާ ހަމައަށް ފޯރުކޮށްދީފަ ވަނީ. އެވާހަކަ ރައްޔިތުންނާ ހަމައަށް ފޯރުކޮށްދެވުނު. އޭގަ ރައްޔިތުންނާ ބައްދަލުކުރި ދުވަހު ފަންޑު ހޯދައިގެން އެކަން ކުރާވާހަކަ ދެއްކީ." ކައުންސިލް މެންބަރު ވިދާޅުވީ އެ ފައިސާ އެޖެސްޓްކޮށް ނިމިފައިވާ ކަމަށާއި އެ ފައިސާ އަނބުރާ ޖަމާކޮށްދޭނެ ކަމަށެވެ.

 ކައުންސިލް މެންބަރު މިހެން ވިދާޅުވި ނަމަވެސް މާވަށު ބައެއް ރައްޔިތުން ބުނަނީ ރައްޔިތު މީހާއަށް އެކަންކަން ނޭންގުމުގެ އެންމެ ބޮޑު ސިއްރަކީ ރައީސް ނަޝީދުގެ ސަރުކާރުގައި މާވަށަށް އެއްވެސް ކަމެއް ނުވެ، މިހާރު ރައީސް ކަމަށް އަރާވަޑައިގެން ހުންނެވި ވަހީދު ހަސަން މަނިކުގެ ވެރިކަމަށް އަރާ އެރަށުގައި ޕްރީ ސްކޫލެއް އަޅައިދެއްވިކަމަށް ބުނެ އެކަން އެގޮތަށް ދެއްކުމަށް ކަމަށެވެ. އަދި ރަށުގެ ރައްޔިތުންނަށް މަކަރާއި ޙީލަތް ހެދުމުގެ ބޭނުމުގައި ކަމަށެވެ.

"ރަށު ރައްޔިތުން ކައިރީ މިއީ މިހާރު މިއޮތް ވަހީދު ސަރުކާރު ޙަވާލުވެ އެ ސަރުކާރުން ކޮށްދެއްވި ކަމެކޭވެސް އެބަހުރި ބުނެ ވާހަކަ ދައްކާފަ." މާވަށު ކައުންސިލަށް ތުހުމަތުގެ އިނގިލި ދިއްކުރަމުން އެރަށު ރައްޔިތަކު ބުންޏެވެ.

މިކަމާ ގުޅިގެން މާވަށު ކައުންސިލް މެންބަރު ވިދާޅުވީ އޭރުވެސް ފައިސާ ހުރި ކަމަށާއި ނަމަވެސް އޭރު މަސައްކަތްކުރީ ކައުންސިލްގެ އެއްވެސް ޕްލޭނެއް ނެތި ކަމަށެވެ.

"މީގެ އިތުރުން 2013 ފެށުނުފަހުން ސޯޝަލް މީޑިއާ ފޭސްބްކްގައި މާވަށު މީހުން ދުވަހަކުވެސް ނުދެކޭހާ ބޮޑެތި ތަރައްޤީ ރަަށަށް (މާވަށަށް) ލިބިގެންދާނެ އަހަރެއް ކަމަށް ބުނެ ލިޔަން ފެށި."

މާވަށު ކައުންސިލްގެ މަސައްކަތާއި މެދު ސުވާލު އުފައްދާ ފަރާތްތަކުން ކައުންސިލް މެންބަރުންނަށް އަމާޒުކުރާ ސުވާލަކީ ވޭތުވެދިޔަ ތިން އަހަރު ކޮބައިތޯއެވެ؟ ހަމަ ޕްލޭން ކުރެއްވީތޯއެވެ؟

"ރައީސް ނަޝީދުގެ ސަރުކާރު އޮތް އިރު އެމީހުން ބުނަމުން ދިޔައީ މާވަށު ބަޖެޓްގަ ރަށަށް ޚަރަދުކުރަން އެންމެ ފައިސާ ފޮއްޗެއްވެސް ނެތޭ. މާވަށަށް ރައީސް ނަޝީދު ސަރުކާރުގަ އެއްވެސް ކަމެއް ނުކޮށްދެޔޭ." ކައުންސިލަރުން ސިޔާސީ ގޭމު ޖައްސާކަމަށް ތުހުމަތު ކުރަމުންދާ އެރަށު ރައްޔިތުންގެ ވާހަކަ ހުރީ މިހެންނެވެ.

މާވަށު ރައްޔިތުންނާއި ކަންކަން ހިއްސާ ނުކުރާ ވާހަކަ އެރަށު ރައްޔިތުން ދައްކަމުންދާއިރު އެލްއޭ ނިއުސްއަށް މަޢުލޫމާތު ދެއްވި ކައުންސިލް މެންބަރުވެސް ވަނީ ކައުންސިލުން ނިންމާ ކަންތައްތައް ހިއްސާކުރަންޖެހޭ ގޮތަށް ރައްޔިތުންނާއި ހިއްސާ ނުކުރާކަމަށް އެއްބަސްވެފައެވެ.

"ތިކަލަ ގޮތެއް ނެތް. އަޅުގަނޑު އަބަދުވެސް މި ފާހަގަ ކުރަމުންދަނީ ކައުންސިލް ހިނގަމުންދަނީ ކައުންސިލެއް ހިނގަމުންދާ ކަހަލަ އުޞޫލަކުން ނޫނޭ. މީ އަޅުގަނޑުމެން ދެ އަހަރު މިވީ ޕްލޭނެއް ނެތި މަސައްކަތް ކުރާތާ. ކައުންސިލްގެ ޕްލޭނެއްނެތި. ނަސީބު ދިމާކުރި ގޮތުން މިއަހަރު ކައުންސިލްގެ ޕްލޭނެއްގެ ދަށުން މި މަސައްކަތް ކުރަނީ." ކައުންސިލް ހިނގަމުންދާ ގޮތާއި މެދު ހިތްހަމަޖެހިނުލައްވާ ކަމަށް މާވަށު ކައުންސިލް މެންބަރު ވިދާޅުވާ އިރު ރަށު ތަރައްޤީގެ ޕްލޭނެއް ހަދައި އެ ޕްލޭންވެސް ރައްޔިތުންނާއި ހިއްސާކޮށްފައި ނުވާކަމަށްވެސް އެ ކައުންސިލް މެންބަރު މަޢުލޫމާތު ދެއްވިއެވެ.

މާވަށުގެ ކަރަންޓްގެ ޙާލަތު ގޯހުން ގޯހަށް ގޮސްފައި ވުމާއި އެރަށުގެ ތިލަވަމުން އަންނަ ބަނދަރުގެ މަސައްކަތް ފަށާފާނެ ކަމުގެ ކޮޅުމަތި ފެނި އެކަން ނުފެށި ލަސްވަމުން އަންނާތީވެސް ރައްޔިތުން ތިބީ މާޔޫސް ކަމެއްގެ ތެރޭގައެވެ. ކައުންސިލް މެންބަރު މާވަށުގެ ބަނދަރު މަސައްކަތާއި މެދު ވިދާޅުވީ ބަނދަރު ހެދުމުގެ ކަންތަކަށް ވެފައި އޮތީ ކިހިނެތްކަމެއް އަދި ވަނީ ކައުންސިލަށްވެސް ސާފުނުވެ ކަމަށެވެ. ނަމަވެސް އެ ޕްރޮޖެކްޓް ހިންގުމާއި ޙަވާލުވެފައިވާ އަމީން ކޮންސްޓަރަކްޝަން އާއި ހައުންސިން މިނިސްޓްރީއާއި ދޭތެރޭގައި ކޮންމެވެސް ކަހަލަ މައްސަލަ ތަކެއް އުޅޭކަމަށް މަޢުލޫމާތެއް ލިބިފައި ވާކަމަށެވެ.
ލިޔުނީ: Unknown

https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgo6Bg-nn_Ev8Z2UQgoJ79a0oXb-W7rIUbaCzIEhUpj81Cs5g3tAXluqcsKGj9mvsPaQlCdhmG_jBhYZ2nG3_k-iNfKXIot6Mf3IzQF-vtrEN9wZQQ9ZcS6_ep1CMusk7IdnrmqOdHsunNz/s1600/Maumoon_Passport.jpg
ދިވެހި ޕާސްޕޯޓުގެ ބަނޑޭރި ގަނޑުގެ އެތެރެފުށުގެ މަތީގައި ލިޔެފައިވާ ބިސްމީގެ މާތް ކަލިމަފުޅުގެ ތިރީގައި މައުމޫނު ލިޔެފައިވާކަން ހާމަވުމުން އެކަން ސިއްރުކުރަން އަންގައިފި އެވެ.

ޕާސްޕޯޓުގައިވާ ބިސްމީގެ ތިރީގައި ރާއްޖޭގައި ތިރީސް އަހަރުގެ ޚުދުމުހުތާރު އަދި އެހާމެ އަނިޔާވެރި ވެރިކަމެއް ކުރި “މައުމޫނު” ގެ ނަން ލިޔެފައިވަނީ ކޮން ސަބަބަކާ ހުރެ ކަމެއް ބުނަން ނޭންގުނު ކަމުގައިވިޔަސް، އެހެން ލިޔެފައިވާކަން ބޮޑުކުރާ ބިއްލޫރިން ބެލުމުން ވަރަށް ރީތިކޮށް އެނގެއެވެ. ބައެއް ޕާސްޕޯޓު ތަކުގައި ސަލާމަތީ ފިޔަވަޅުތަކުގެ ގޮތުގައި އެކި ތަންތަނުގައި ސިއްރުތައް ރައްކާ ކޮށްފައި ހުންނައިރު ދިވެހި ޕާސްޕޯޓުންވެސް މިފާޅުވި މައުމޫނަކީ، ދިވެހިދައުލަތުގެ އެކަހަލަ ސަލާމަތީ ފިޔަވަޅެއްތޯ ބައެއް މުވައްޒަފުން ސުވާލު އުފެއްދި އެވެ.

ނަމަވެސް މުވައްޒަފުން ކުރިމަތި ކުރުވި އެއްވެސް ސުވާލަކަށް ސީދާ ޖަވާބެއް ނުދެވި، ނިމިގެން ދިޔަ ބައްދަލުވުމަކަށްފަހު، އަންނަން ފެށީ ޓެކްސްޓް މެސެޖުތަކެއް ކަމަށްވެއެވެ. ކޮންމެ އެއްޗެކޭ އޮތަސް ސިއްރެއްވާނީ ސިއްރަކަށް ކަމަށާއި، ސިއްރު ހާމަ ކުރުމުން ކުރިޔަށް އޮތް ތަނުގައި ވަޒީފާއަށްވެސް ބުރޫއެރުން އެކަށީގެންވާކަން ހަނދާން ކޮށްދީފައި ވާކަމަށްވެ އެވެ.
ޕާސްޕޯޓުގައިވާ ބިސްމީގެ ކަލިމަފުޅުގެ ތިރީގައި “މައުމޫނު” ލިޔެފައިވާ ގޮތާއި، އިސްލާމީ މަރުކަޒުގެ މިހުރާބުގޭގައި ބަހައްޓާފައި ހުންނަ